ހަދަމުންދާ އިމާރާތަކުން ދަގަނޑު ގަނޑެއް ވެއްޓި ހަތަރު ސައިކަލަކަށް ގެއްލުން ވެއްޖެ

މާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓުނު ބިއްލޫރި ކުޑަދޮރެއް --

ހަދަމުންދާ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާ އިން ދަގަނޑު ގަނޑެއް ވެއްޓި ހަތަރު ސައިކަލަކަށް ގެއްލުން ވެއްޖެވެ.

ފުލުހުން ބުނީ މިއަދު 14:20 އެހައިކަންހާއިރު އެ ހާދިސާ ހިނގީ ކޮއިމަލާ ހިނގުމުގައި ކަމަށެވެ.

އެ މަގުގައި ޕާކްކޮށްފައި ހުރި ހަތަރު ސައިކަލަށް ގެއްލުންވީ ދިހަ ވަރަކަށް ފޫޓުގެ ދަގަނޑު ގަނޑެއް ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.

"މި ހާދިސާގެ މައުލޫމާތު ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލަށް ވަނީ ހިއްސާ ކުރެވިފައި،" ފުލުހުން ބުންޏެވެ.

ފަހަރަށް އައިސް މިފަދަ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެ ވެއްޓި ބަނގުލަދޭޝަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.

comment ކޮމެންޓް