92 އަހަރުގެ ގައިދީއަކު މަރުވެއްޖެ

މާލޭ ޖަލު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭ ޖަލުގައި 10 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ބުނި ގޮތުގައި، އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވީ ގދ. ގައްދޫ މަސްކޮތަންގެ، ރެކިފުތާއެވެ.

އުމުރުން 92 އަހަރުގެ ރެކިފުތާ މަރުވީ މިއަދު ހެނދުނު 11:30 ހާ އިރުއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނީ، ގައިދީއަކު މަރުވުމާ ގުޅިގެން އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މިއަދު މަރުވި 92 އަހަރުގެ ރެކިފުތާއަކީ ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލެއް ހިންގިކަން ސާބިތުވެ، 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި މީހެކެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވީ 2016 ވަނަ އަހަރުއެވެ. އަދި ހުކުމަށްފަހު މިނިވަންވުމަށް ހަމަޖެހިފައި އޮތޯ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

comment ކޮމެންޓް