ފްލައިމީގެ އޮފީހުން ލެޕްޓޮޕަކާއި ފައިސާތަކެއް ވަގަށް ނަގައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފްލައިމީގެ އޮފީހުން ލެޕްޓޮޕަކާއި ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ފްލައިމީގެ އޮފީހުން ވައްކަންކޮށްފައި ވަނީ މިއަދު ހުކުރު ވަގުތުގައި ކަމަށާއި ލެޕްޓޮޕެއްގެ އިތުރުން 1500 ރުފިޔާ އެ އޮފީހުން ވަގަށްނަގާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް