ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސް ކަމަށް ފަނޑިޔާރު ޝުއައިބު

ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސް ކަމަށް ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިޚާބު ވެއްޖެއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާ އިން ނެރުނު އިއުލާނެއްގައި ވަނީ އެ މަގާމަށް ޝުއައިބު އިންތިޚާބުވީ އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލާފައިނުވާތީ ކަމަށެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްމެޖިސްޓްރޭޓް އަލީ ޝަރީފް އަދި ސެކްރެޓަރީ ޖެނެރަލް ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު ވެސް ވަނީ އިންތިޚާބުވެފައެވެ. އެ ދެ ބޭފުޅުން ވެސް އިންތިޚާބުވީ އިތުރު ބޭފުޅަކު ކުރިމަތިނުލުމުންނެވެ.

އިތުރު ބޭފުޅަކު ކުރިމަތިލާފައިނުވާތީ އިންތިޒާމް ސެކްރެޓަރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން އަދި ޚަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު، ޚަޒާންދާރުގެ އެހީތެރިޔާ ކަމަށް ކ. ދިއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު، ތަރުޖަމާނު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ވެސް ވަނީ އިންތިޚާބުވެފައެވެ.

އިތުރު ބޭފުޅަކު ކުރިމަތިނުލާތީ ހިންގާ ކޮމެޓީއަށް ހަތް ބޭފުޅަކު އިންތިޚާބުވި ކަމުގައި ވިޔަސް އިތުރު ހަތަރު ބޭފުޅުން އިންތިޚާބުކުރުން އާދީއްތަ ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

ހަތަރު ބޭފުޅުން ހޮވާނީ ކުރިމަތިލާފައިވާ ހަތް ބޭފުޅުންގެ ތެރެއިންނެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާ އަކީ ފަނޑިޔާރުންތަކެއް އިސްނަގައިގެން 2008 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ.

comment ކޮމެންޓް