ޖެހިޖެހިގެން ދެވަނަ ފަހަރަށް އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯގެ ވަގުތީ ޕެޓްރޯލް ޝެޑެއް -- ފޮޓޯ: އެސްޓީއޯ

ޖެހިޖެހިގެން ދެވަނަ ފަހަރަށް އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ވަނީ މާދަމާ އިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.13 އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 11.19 އަށް ކަމަށް އެ ޓްވީޓުގައިވެއެވެ.

އެންމެފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ދުވަހުން ފެށިގެން ވިއްކަމުން އަންނަނީ ޕެޓްރޯލް ލީޓަރެއް 11.39 އަށް އަދި ޑީސަލް ލީޓަރެއް 11.97 އަށެވެ.

އެންމެފަހުން ބޮޑުކުރި އިރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 11.49 އެވެ. އަދި ޑީސަލް ލިޓަރެއް 12.11 އަށެވެ.

comment ކޮމެންޓް