ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެމްޑީޕީ އޮފީހަށް ހާޒިރުކުރީ ރައީސްއަށް އެނގިގެން: ހޫދު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: އުސޫލު މުރާޖާ ކުރުމަށްފަހު، މާދަމާ ލޯނަށް ކުރިމަތިލުމުގެ އާ ބުރަކަަށް ހުޅުވާލާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ ފަޔާޒު މޫސާ

މަތީ ތައުލީމަށް ދޫކުރާ ލޯނުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެމްޑީޕީގެ އޮފީހަށް ހާޒިރު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް އެނގިގެން ކަމަށް ރައީސް ގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެދުނު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަމުން ހޫދު ވިދާޅުވި އެމްޑީޕީގެ އޮފީހަށް މިނިސްޓަރު ހާޒިރުކުރުން އެއީ ގޯހެއްކަމަށް ނުދެކޭ ކަމަށާއި އެކަން ކުރީ ރާއިސް ގެ ތާއީދާވެސް އެކުގައި ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ މިނިސްޓަރު އެމްޑީޕީގެ އޮފީހަށް ހާޒިރު ކުރީ ލޯނުގެ ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ރައްޔިތުންގެ މަޖްލިސް ގެ މެންބަރުންގެ ހުރި ސުވާލުތަކެއް އޮޅުން ފިލުވުމުގެ ގޮތުންކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހޫދުވަނީ ލޯންގެ ކަންތައްތައް ހިނގާ ދިޔަ ގޮތާ މެދު ރައީސް ގެ ކަންބޮޑުވުން ތައް ހުރިކަމަށާއި އެކަންތައްތައް ރަނގަޅު ކުރުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ.

މަތީ ތައުލީމަށް ހުޅުވާލި ފުރުސަތުތަކުގެ އަލަށް ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި 232 ފުރުސަތުތަކުގެ ތެރެއިން ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 30 ފަރާތަކަށެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލި 35 ފުރުސަތުތަކުގެ ތެރެއިންވެސް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ދެ ފަރާތަށެވެ. އޭގެ އިތުރުން ޕައިލެޓް ކޯސް ހެދުމަށް 184 ދަރިވަރުން ކުރިމަތިލިއިރު ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ފަސް ފަރާތަކަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

comment ކޮމެންޓް