ނައިފަރު ފިހާރައަކުން ވަގަށް ނެގި ފައިސާ ހޯދައިފި

ނައިފަރު ފިހާރައެއް ފަޅާލާ ވަގަށް ނެގި ފައިސާ -- ފޮޓޯ: ޕޮލިސް

ޅ. ނައިފަރު ގައި ހިންގަ ފިހާރައެއް ފަޅާލާ، ވަގަށް ނެގި ފައިސާ ހޯދައިފިއެވެ.

ފުލުހުން ބުނީ ނައިފަރު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެއް ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިމަހުގެ 12 ވަަނަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތް ހޯދުމަށް ކުރި މަސައްކަތުން ވައްކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ 11:40 ހައިރު ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވަގަށް ނަގާފައިވާ 1100 ރުފިޔާ އާއި 750 ޑޮލަރުގެ ތެރެއިން 556 ޑޮލަރު އަދި 20 ޔޫރޯ އާއި 845 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފިހާރަ ފަޅާލައިގެން ވައްކަން ކުރަން ބޭނުންކުރި ތަކެތިވެސް ހޯދާފައިވާ ކަމަށެވެ.

comment ކޮމެންޓް