ދިޔަ ބޮޑުވާ ގަޑީގައި އަދިވެސް އުދަ އަރާފާނެ: މެޓް އޮފީސް

މީގެ ކުރިން ދިޔަވަރު ބޮޑުވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިޔަ ބޮޑުވާ ގަޑީގައި އަދި ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެގޮތަށް ދިޔަ ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު އޮތީ ރާއްޖޭގެ މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކެއް ކަމަށެވެ.

ހުޅުނގު މޫސުމުގައި ކުރާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށް ދަނީ ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގަމުންވެ.

މިހާރު ހިނގަމުންދަނީ ހުޅަނގު މޫސުމުގެ ނަކަތެއް ކަމަށްވާ މިއަހެލި އެވެ.

މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާ 11 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް