ރާއްޖޭގައި ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފި

އަމިނަރު އަބްދުﷲ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ --

ރާއްޖޭގައި ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ ތަޖުރިބާ ބައިނަލްއަގުވާމީ ޖަމްއިއްޔާ ތަކާ ހިއްސާކޮށްފި އެވެ.

ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، އެކަމާމެދު ހޭލުންތެރި ކުރުމަށް ހިންގާ ޕްލާސްޓިކް ނޫން ގޮތެއް ޕްރޮގްރާމުގެ ފަރާތުން އެމެރިކާގެ ވޮޝިންޓަނުގައި ކުރިއަށްދާ ޕްރޮގްރާމެއްގައި ބައިވެރިވެ މި ތަޖުރިބާ ހިއްސާކޮށްފައިވާއިރު ޕްލާސްޓިކް ނޫން ގޮތެއް ޕްރޮގްރާމުން ދަނީ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖީއީއެފް) ކައުންސިލް ބައްދަލުވުމުގައި ބައިވެރިވަމުންނެވެ.

މި ބައްދަލުވގައި ޕްލާސްޓިކް ނޫން ގޮތެއް ތަމްސީލު ކުރައްވަނީ މޯލްޑިވްސް އޯތެންތެޓިކް ކްރާފްޓްސް ކޯޕަރޭޓް ސޮސައިޓީގެ ޗެއާޕާސަން އާމިނަތު އަބްދުﷲ އެވެ. އާމިނަތު ވަނީ ޕްލާސްޓިކް ނޫން ގޮތެއް މޫމަންޓުންް ރާއްޖޭގައި ޕްލާސްޓިކް މަދުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތަފްސީލު މި ބައްދަލުުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

"ޖީއީއެފް ޕަބްލިކޭޝަނުގައި އަޅުގަނޑުމެންގެ މަސައްކަތް ފީޗާ ކުރުމަކީ ލިބުނު ފަހުރެއް. ވޮޝިންޓަނުގައި ކުރިއަށްދާ ބައްދަލުވުމުގައި ރާއްޖެއިން ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތިގެ ވާހަކަ ހިއްސާކޮށް ހިޔާލު ބަދަލު ކުރުމަކީ މި ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް،" އާމިނަތު ވިދާޅުވިއެވެ.

ޕްލާސްޓިކް ނޫން ގޮތެއް އަކީ 2018 ވަނަ އަހަރުން ފެށިގެން ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރާ މޫމަންޓެކެވެ. ބައެއް ފިހާރަތަކާ ގުޅިގެން ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް