ބަދަލުތަކާ އެކު އަނެއްކާ ވެސް މަތީ ތައުލީމު ލޯނަށް ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން---

މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އިއުލާންގައި އެކި ދާއިރާތަކުން 163 ލޯންގެ ފުރުސަތު ހުޅުވާލައިފައެވެ.

އަލަށް ލޯނުގެ ފުރުސަތު ހުޅުވާލިއިރު ބޭނުން ގައުމަކުން ކިޔަވުމަށް ލޯނަށް އެދޭގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯން ސްކީމްގެ އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.

މީގެ ކުރިން ލޯން ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސާކް ގައުމުތަކާ އަދި ފިލިޕިންސް، ޗައިނާ، ތައިލެންޑް، ރަޝިޔާ، ކިރިގިސްތާން، ޔުކްރެއިން، ޗެކް ރިޕަބްލިކް، އަޒަރުބެއިޖާން އަދި މެލޭޝިއާ އިން އެކަންޏެވެ. އަލަށް ހުޅުވާލި ފުރުސަތުތަކުން ދެންވެސް ލޯން ދޭނީ ކުރިން ދެންނެވި ގައުމުތަކުގެ ރޭޓުން ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ. އަދި އެނޫން ގައުމުތަކުގައި ކިޔެވިޔަސް ކިޔެވުމުގެ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ ލޯންއަށް އެދޭ ފަރާތުންކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯން ސްކީމްގެ ފުރުސަތު ހުޅުވާލިއިރު 79 ފުރުސަތަކީ ރާއްޖެއިން ބޭރުގައި އަލަށް ކިޔެވުމަށް ހުޅުވާލި ފުރުސަތުތަކެވެެ. އަދި ބާކީ 84 ފުރުސަތަކީ މިއަހަރުގެ ޖެނުއަރީ އަކަކުން ފެށިގެން ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލައިފައިވާ ފުރުސަތުތަކެކެވެ.

comment ކޮމެންޓް