އަދީބު ބޭހަށް ދަނީ އިންޑިއާއަށް

އޭޕްރީލް 28، 2019: ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ދަނީ އިންޑިއާއަށްކަން ހޯމް މިނިސްޓްރީ އިން މިއަދު ހާމަކޮށްފި އެވެ.

ހޯމް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދެނީ އިންޑިއާއަށް ދިޔުމަށް ކަމަށެވެ. އަދި އޭނާ އިންޑިއާއަށް ދަނީ، ރާއްޖެއިން ކުރެވެން ނެތް ބޭސްފަރުވާ ކުރުމަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީއިން ބުނީ އަދީބު ރާއްޖެއިން ބޭރަށް ދަނީ ކަރެކްޝަނަލް ސާވިސަސް އާއި ފުލުހުންގެ އޮފިޝަލުންނާ އެކު އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ތިން އޮފިސަރުން އަދި ކަރެކްޝަނަލް ސާވިސަސްގެ ތިން އޮފިސަރުން އަދީބާ އެކު ވަޑައިގަންނަވަ އެވެ.

އެނގިފައިވާ ގޮތުން އަދީބު ބޭހަށް އިންޑިއާއަށް ފުރާނީ މާދަމާ އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއިން ބޭރަށް އަދީބު ބޭސްފަރުވާގެ ދަތުރުގައި އަދީބުގެ ލޮލުގެ ރެޓީނާގެ އޮޕަރޭޝަނެއް ކުރާނެ އެވެ. އަދި ޑޮކްޓަރުން ލަފާދީފައިވާ ގޮތަށް އަދީބުގެ ކެންސާ ސުކްރީނިން ޓެސްޓްތަކެއް ވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް