ބޭނުން ގައުމެއްގައި ކިޔެވުމަށް ލޯނަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: --- ސަން ފޮޓޯ ފަޔާޒު މޫސާ

ބޭނުން ގައުމަކުން ކިޔަވުމަށް ލޯނަށް އެދޭގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯން ސްކީމްގެ އުސޫލަށް ބަދަލުގެނެސްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއީ ލޯން ސްކީމްއަށް އަލަށް ގެނައި ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.

ބޭނުން ގައުމަކުން ކިޔަވުމުގެ ފުރުސަތު ހުޅުވާލިޔަސް، ލޯން ދޭނީ ކުރިންވެސް ދޭ އަދަދަށް ކަމަށާއި އަދި ކިޔެވުމުގެ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ ލޯންއަށް އެދޭ ފަރާތުންކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ލޯން ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސާކް ގައުމުތަކާ އަދި ފިލިޕިންސް، ޗައިނާ އަދި މެލޭޝިއާ ފަދަ ބައެއް ގައުމުތަކަށް އެކަންޏެވެ.

ބޭނުންގައުމަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލިއިރު ދާދި ފަހުން ލޯން ސްކީމްގެ ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ދަރިވަރުން އުސޫލާ ހިލާފަށް ފޯމް ފުރި ކަމަށްބުނެ ވަނީ ޑިސްކޮލިފައިކޮށްލައިފައެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

comment ކޮމެންޓް