ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި

ދިއްދޫގައި އިމިގްރޭޝަންގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިމިގްރޭޝަން

ހއ. އަތޮޅުގެ ރައްޔިތުންނަށް އިމިގްރޭޝަނުން ދެމުންގެންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފިއެވެ.

މިއަދު ދިއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދާއި އިމިގްރޭޝަން ކޮންްޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިންއެވެ.

އިމިގްރޭޝަނުން ބުނީ އެ އޮފީސް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމާއި އަދި ޕާސްޕޯޓް ދޫކުރެވޭނެ ކަމަށެވެ.

މިއަދު އެ ރަސްމިއްޔާތުގައި ވަނީ ފުރަތަމަ ފަހަރަށް ފާސްޕޯޓެއްވެސް ދޫކޮށްފައެވެ.

މިއީ ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ހުޅުވުނު ރާއްޖޭގައި ހުޅުވުނު ހަތަރުވަނަ އޮފީހެވެ. މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިއްދޫއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ރަށުން ޕާސްޕޯޓް ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އިމިގްރޭޝަންއިން ބުނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ހިދުމަށް ދިނުމަށް މަަސައްކަތް ކުރަމުންދާކަމަށާއި އަދި އަމާޒަކީ އިމިގްރޭޝަންގެ ހިދުމަތް ލާމަރުކަޒީ ކުރުން ކަމަށެވެ.

comment ކޮމެންޓް