ޕީޕީއެމް ޕީޖީ ލީޑަރަކަށް ރެޑްވޭވް ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: އޭނާ ވަނީ ޕީޕީއެމް ޕީޖީ ލީޑަރަކަށް ހަމަޖައްސަވައިފައި --- ފޮޓޯ/ މަޖލިސް އިދާރާ

އިދިކޮޅު މައި ސިޔާސީ ޕާޓީ. ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކަށް، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހޮވައިފި އެވެ.

ރެޑްވޭވް ސަލީމް އަކީ މިހާރު ޕީޕީއެމް ޕީޖީ ގުރޫޕުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އަދި އެންމެ ގިނަ ދުވަސްވީ އެއް މަޖިލިސް މެމްބަރެވެ.

އޭދަފުށީ ދާއިރާގެ މެމްބަރުކަން ތިން ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ ރެޑްވޭވް ސަލީމް ޕީޕީއެމް ޕީޖީ ލީޑަރަކަށް ހަމަޖެއްސީ މިއަދު އެ ޕާޓީގެ ޕީޖީ ބައްދަލުވުމުގައި ނެގި ވޯޓުން މެމްބަރުންގެ އިއްތިފާގުން އެވެ.

ޕީޕީއެމް ޕީޖީ ގުރޫޕުގައި ތިއްބަވަނީ، ފަސް މެމްބަރުންނެވެ. ރެޑްވޭވް ސަލީމްގެ އިތުރުން ދެން ތިއްބަވަނީ، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް، ގުރައިދޫ ދާއިރާ މެމްބަރު، އިބްރާޙިމް ރިޒާއާއި މަހިބަދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގް އަދި ގުރައިދޫ ދާއިރާ މެމްބަރު، މުހައްމަދު ގައްސާން މައުމޫން އެވެ.

comment ކޮމެންޓް