ދުވާފަރު ފުޓްސަލް ޗެލެންޖް 2019: ދުވާފަރު ޕޮލިސް ބަލިކޮށް ޑާކް ޕާކުން ފެށުން ރަނގަޅު ކޮށްފި

ދުވާފަރުގައި މިހާރު ކުރިއަށްދާ ފުޓްސަލް ޗެލެންޖުގައި އިއްޔެ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ކުޅުންތެރިޔާއަށް އިނާމް ހަވާލު ކުރަނީ --- ފޮޓޯ/ ދުވާފަރު ޔޫތް މޫމެންޓް

ދުވާފަރު ޔޫތު މޫވްމަންޓުން އިންތިޒާމް ކޮށްގެން ރ.ދުވާފަރުގައި މިހާރު ކުރިއަށްދާ "ދުވާފަރު ފުޓްސަލް ޗެލެންޖްގައި އިއްޔެ ޑާރކް ޕާރކް އާއި ދުވާފަރު ޕޮލިސް ޓީމް ބައްދަލުކުރި މެޗް ބޮޑު ތަފާތަކުން ޑާކްޕާކް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މިމެޗް ޑާކްޕާރކް ކާމިޔާބު ކޮށްފައިވަނީ 2-6 ގެ ބޮޑު ނަތީޖާ އަކުންނެވެ. ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޑާކްޕާކް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފަ އެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 97 އަޙްމަދު ޢީސާ އެވެ. މިގޯލަށް ފަހު ޕޮލިސް ޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލުމަށް މަސައްކަތް ކުރި ނަމަވެސް ޑާކްޕާކްގެ ޑިފެންސް ލައިނުން ވަނީ އެހަމަލާތައް ދިފާއުކޮށްފަ އެވެ.

މެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޑާކްޕާކް އިން ގިނަ ހަމަލާތަކެއް އުފައްދާ އިތުރު ގޯލެއް ވަނީ ކާމިޔާބުކޮށްފަ އެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޖާރޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ. ފުރަތަމަ ހާފް ނިމުނު އިރު 0-2ގެ ނަތީޖާއަކުން ޑާކްޕާކް ކުރީގައި އޮތް އިރު ދެވަނަ ހާފް ފަށައިގެން އިރު ކޮޅެއް ނުވެ ޑާކްޕާކްގެ ޖާރޒީ ނަންބަރު 97 އަޙްމަދު ޢީސާ އޭނާގެ ދެވަނަ ލަނޑާއެކު ވަނީ އެޓީމުގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

އޭގެ ދެމިނެޓް ފަހުން ޑާރކްޕާރކް އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިލަނޑާއެކު ޑާކްޕާކް އިން ވަނީ ހަމަޖެހިލާފަ އެވެ. ނަމަވެސް ޑާކްޕާކްގެ ކީޕާ ހެދި މިސްޓޭކަކުން ދުވާފަރު ޕޮލިސް ޓީމްގެ ޖާރޒީ ނަންބަރު 10 މުޙައްމަދު އަޙްމަދު އެޓީމްގެ ފުރަތަމަ ގޯލު ކަމީޔާބުކުރި އެވެ.

މެޗް ނިމެންދަނިކޮށް ޕޮލިސް ޓީމުން ވަނީ އިތުރަށް ހިތްވަރުކޮށް ލަނޑުޖަހާނެ ފުރުސަތުތަކެއް ހޯދާ އިތުރު ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 5 ޙުސައިން ރަމީލް (ރަންމަ) އެވެ. އެލަނޑާއެކު ޑާރކްޕާރކްގެ ކުޅުން އިތުރަށް ވަރުގަދަކޮށް ޕޮލިސް ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. މިހަމަލާތަކުގައި ޕޮލިސް ޓީމުގެ ކޮޅަށްވަނީ އިތުރު ދެ ގޯލު ވަދެފަ އެވެ. މިގޯލުތައް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އަދި ޖާޒީ ނަންބަރު 9 އިޔާދު ސަހާޢު އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑާރކްޕާރކްގެ ޖާޒީ ނަންބަރު 96 މުސްލިމް މުޙައްމަދު (ރޮނާ) އެވެ. އޭނާ ވަނީ މިމެޗުގައި ހެޓްރިކް ވެސް ހަދައިފަ އެވެ.

މިމުބާރާތުގައި މިއަދު ވެސް ވަރުގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެލަވަން އެޓޭކާސް އަދި ދުވާފަރު ޕޮލިސް ޓީމެވެ. ފަހު މެޗުގައި ބައްދަލުކުރާނީ ސިލްވާ ޔުނައިޓެޑް އަދި ޑާކްޕާރކް އެވެ.

comment ކޮމެންޓް