"މާމުއި"ގެ ޓިކެޓް ވިއްކަން މިއަދު ފަށަނީ

މާމުއި ގެ ޕޯސްޓަރު---

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ގެނެސްދޭ އެންމެ އަގުބޮޑު ފިލްމު "މާމުއި"ގެ ޓިކެޓް ވިއްކަން މިއަދު ފަށާނެއެވެ.

މިއަދު ހެނދުނު 10:00ގައި ޓިކެޓް ވިއްކަން ފަށްޓާއިރު ޓިކެޓަށް މިހާރުވެސް ޑިމާންޑް ބޮޑެވެ.

ފިލްމުގެ ޕްރޮމޯ ލަވަ ދައްކާލުމާއެކު ފިލްމު ބެލުމަށް ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޓިކެޓް ވިއްކުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 23:00ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓެއް 150 ރުފިޔާއަށް ވިއްކާއިރު އެހެން ރޭ ތަކުގެ ޝޯގެ ޓިކެޓް އުޅެނީ 100 ރުފިޔާ އަށެވެ.

"މާމުއި" އަކީ އެހެން ފިލްމުތަކާ ބަލާއިރު ވަރަށްތަފާތު ފިލްމެއްކަން ފިލްމުގެ ޓްރެއިލާއިން ވެސް އެނގެއެވެ.

ފިލްމުގެ ޓިކެޓަށް މިހާރުވެސް ބުކް ކުރެވޭނެ ކަމަށެވެ. ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އާ ގުޅުމުން ޓިކެޓް ބުކް ކުރެވޭނެއެވެ.

މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ.

comment ކޮމެންޓް