ފިލަން ކަނޑަށް ފުންމާލި މީހާ އަދިވެސް ނުފެނޭ، ފެނުނު ކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރިއެއް

ފެރީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނުމުން ފިލަން ކަނޑަށް ފުންމާލި މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މީހާ ފެނިއްޖެކަމަށް ކުރިން މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށެވެ. އެމީހާ ހޯދަން ފުލުހުން އުޅުނީ ފެރީއެއްގައި މަސްތުވާތަކެތި ހިފައިގެން ގއ ކަނޑުހުޅުދޫއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އޭނާ ހޯދަން ކަނޑުހުޅުދޫގައި ހަރަކާތްތެރިވާކަން އެނގިގެން ކަނޑަށް ފުންމާލީ ކަމަށްވެސް ފުލުހުން ބުނެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން އެމީހާއަކީ ގއ ކަނޑުހުޅުދޫ މިހެކެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފިލަން ކަނޑަށް ފުންމާލި މީހާއަކީ 35 އަހަރާ 40 އަހަރާއި ދެމެދުގެ މީހެއް ކަމަށެވެ.

އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާކަމަށް އެރަށުގައިވެސް އަޑުފެތުރިފައިވާ މީހެއް ކަމަށް ސަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. އެމީހާ ފުންމާލާފައިވަނީ ގދ މާވަރުލު ކައިރި ކަނޑަށް ކަމަށް އެމީހާ ބުންޏެވެ.

މިރޭ އިތުރު މީހަކު ގެއްލިގެންވެސް ފުލުހުން ވަނީ ހޯދާފަ އެވެ. އެއީ މަސްތުވާތަކެއްޗާއެކު ކަނޑަށް ފުންމާލި މީހާ ހޯދަން ބޮއްކުރައެއްގައި ދިޔަ މީހުންގެ ތެރެއިން މީހެކެވެ. އެމީހާ ފުލުހުން ހޯދާފައިވަނީ މާވަރުލު ކައިރި ކަނޑުންނެވެ.

comment ކޮމެންޓް