ގިނަ މީހުންނަށް ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މި ފަހަރު ސްޓޫޑަންޓް ލޯންގެ ފުރުސަތު ގިނަ ފަރާތްތަކަށް ނުލިބުނީ އެ ލޯނަށް އެދި ފޯމް ހުށަހެޅިއިރު ހުށެހެޅި ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ. އަދި ދެން ހުރި ފަރާާތްތަކަށް ލޯނު ނުލިބުނު ސަބަބުތައް، އެ ފަރާތްތަކުގެ ކެންޑިޑޭޓް ނަންބަރު ހިމެނޭ ލިސްޓައާއެކު ވަނީ އާންމުކޮށްްފައެވެ.

ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާ މައްސަލައަށްފަހު ދެން އެންމެ ގިނަ ފަރާތްތަކުުން ޑިސްކޮލިފައިކޮށްލައިފައިވަނީ ސެޓްފިކެޓްތައް އެޓެސްޓް ކުރުމުގައި މަައްސަލަ އުޅޭ ކަމަށް ބުނެއެވެ. އަދި އޭގެ އިތުރުން ޕައިލެޓްކަން ކިޔަވަން ހުށަހެޅި ގިނަ ފަރާތްތައްް ޑިސްކޮލިފައި ކޮށްފައިވަނީ އެ ދަރިވަރުން ކިޔަވަން ބޭނުންުވާ ގައުމު ބުނެފައިނުވާތީ ކަމަށް ބުނެއެވެ.

މަތީ ތައުލީމަށް ހުޅުވާލި ފުރުސަތުތަކުގެ އަލަށް ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި 232 ފުރުސަތުތަކުގެ ތެރެއިން ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 30 ފަރާތަކަށެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލި 35 ފުރުސަތުތަކުގެ ތެރެއިންވެސް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ދެ ފަރާތަށެވެ. އޭގެ އިތުރުން ޕައިލެޓް ކޯސް ހެދުމަށް 184 ދަރިވަރުން ކުރިމަތިލިއިރު ލޯން ހަމަޖައްސައިދީފައިވަނީ އެންމެ ފަސް ފަރާތަކަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

comment ކޮމެންޓް