ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ޒަހަމްވެއްޖެ

އެނބޫދޫ ފިނޮޅު--

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 10:35 އެހާކަންހާއިރު ޕެރަޑައިސް ރިސޯޓު ކައިރީ އޮންނަ މަންތާ ޕޮއިންޓަކަށް ޑައިވިން އަށް ގޮސް އުޅުނު ޖަރުމަނު ފަތުރުވެރިއެއްގެ ފައި ޕެރަޑައިސްގެ ދޯންޏެއްގެ ބުރަފަތީގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

އެ ފަތުރުވެރިއަކީ އެނބޫދޫ ރިސޯޓްގެ ފަތުރުވެރިއެކެވެ.

އޭނާ އަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންދެވުނީ ޕެރަަޑައިސް އަށެވެ. ފަހުން އެ ރިސޯޓުގެ ފަރާތުން ފަތުރުވެރިޔާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާއިރު ޒަހަމްވި މީހާގެ މިހާރުގެ ހާލަތު އަދި ސާފެއް ނުވެ އެވެ.

ތަފްސީލް އަންނަނީ

comment ކޮމެންޓް