ފަޅުރަށަށް ކުންޏެއް ނާޅަން: ދިގުފަރު ރިސޯޓް

ބ. ކެޔޮދޫ ގޮނޑުދޮށް ސާފުކޮށްފައި -- ފޮޓޯ: ދިގުފަރު

ބ. އަތޮޅު ކެޔޮދޫ އަކީ ދިގުފަރު ރިސޯޓުގެ ދަށުގައި އޮންނަ ރަށެއް ކަމަށާއި އެ ރަށަކީ ރިސޯޓުގައި އުފެދޭ ކުނި ވެމްކޯގެ ވޭސްޓު މެނޭޖުމެންޓު ސެންޓަރުތަކަށް ގެންދިޔުމުގެ ކުރިން ބަހައްޓާ ރަށް ކަމަށް ދިގުފަރު ރިސޯޓުން ބުނެފި އެވެ.

ބ. ކެޔޮދޫގައި ގިނަ އަދަދެއްގެ ކުނި ކޮތަޅުތަކެއް ހުރި މައްސަލަ ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

ކުނި އަޅާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެކަމާ ގުޅިގެން ދިގުފަރު ރިސޯޓުން ފޭސްބުކް ގައި އާންމު ކުރި ސްޓޭޓުމެންޓެއްގައި ބުނީ ކެޔޮދޫ އަކީ ދިގުފަރު ރިސޯޓުގެ ދަށުގައި އޮންނަ ރަށެއް ކަމަށާއި ރިސޯޓުގައި އުފެދޭކުނި މާލޭ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓުމެނޭޖުމެންޓު ސެންޓަރަށް ނުވަތަ ރ. ވަންދޫ ސެންޓަރަށް ގެންދިޔުމުގެ ކުރިން އެއްކޮށްފައި ބަހައްޓަނީ ކެޔޮދޫގައި ކަމަށެވެ.

"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ކުނި ގެންދިޔުމަށް އެރަށުގައި އެއްކޮށްފައި ހުރި ތަން. މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ވޭސްޓު ޑިސްޕޯސަލް ސައިޓުތަކަށް ނުގެންދެވިފައި ހުރީ،" ދިގުފަރު ރސޯޓުން ބުނީ ތިމާވެށީހގެ ސާފުތާހިރުކަމަށް އެ ރިސޯޓުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

"ކެޔޮދޫ އަކީ ކުނި އަޅަން ބޭނުންކުރާ ރަށެއް ނޫން" ކަމަށްވެސް ދިގު ފަރުން ބުންޏެވެ.

ކެޔޮދޫ އަތިރިމަތީ ގިނަ އަދަދެއްގެ ޖަމްބޯ ބޭގުތަކުގައި ކުނި ހުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އީޕީއޭ އިން ބުނި ނަމަވެސް "ސަން" އަށް އެނގިފައިވާގޮތުގައި އެ މައްސަލަ އީޕީއޭގެ ފަރާތުން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅައިފައެއް ނުވެއެވެ.

https://sun.mv/120042

">

comment ކޮމެންޓް