ދޯންޏަކާ ލޯންޗެއް ޖެހި ބޮޑެތި ގެއްލުންތަކެއް

ދޯންޏަކާ ޖެހި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި---ފޮޓޯ: ފުލިހުން

ވިލިމާލެ ކައިރިން ވާދޫ ކަނޑުއޮޅިން ދުއްވާފައި ދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:00 ގައި ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގެ ތިން މީހުން އަދި ލޯންޗްގައިވެސް ތިން މީހަކު ތިބިކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގުމާ ގުޅިގެން، ކަފުޖަހައިގެން ވިލިނގިލީ ފަޅަށް ދޯނި ވައްދަން އުޅުމުގެ ތެރޭގައި އެ ދޯނި ވިލިނގިލީ ނެރުމައްޗަށް އުރުމާ ގުޅިގެން އެ ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރު ކުރަމުންދާ ކަަމަށެވެ.

އެ ހާދިސާ ހިނގިއިރު ދެ އުޅަނދު ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް