ކާރެއް ކޮންޓްރޯލް ނުވެ ފާރަށް އަރައި އެކްސިޑެންޓްއެއް ހިނގައިފި

އެކްސިޑެންޓްވި ކާރު--- ފޮޓޯ: ވަން އޮންލައިން

ސިނަމާލެ ބުރިޖުން ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ފާރަށް އަރައި އެކްސިޑެންޓްއެއް ހިނގައިފިއެވެ.

އެ ހާދިސާގެ މަންޒަރު ދުށް މީހަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ހިނގީ ސިނަމާލެ ބުރިޖުން އައިސް އަމީނީ މަގަށް އަޅަން އުޅެނިކޮށް ކޮންޓްރޯލް ނުވެގެން ގޮސް މެރިން ރިސާޗް ސެންޓަރުގެ ފާރަށް އަރައިގެން ކަމަށެވެ.

މަންޒަރު ދުށް މީހާ ބުނީ އެ ހާދިސާގައި ކާރުގެ ޑްރައިވަރަށް އަނިޔާވެގެން އެތާ ކައިރީގައި ހުންނަ ސެނެހިޔާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

މީސް މީޑިއާގައި ވައިރަލްވި ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ކާރަށް ވަނި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އިއްޔެ ހަވީރު ހުޅުމާލޭގައިވެސް ވަނީ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ގަހެއްގައި ޖެހި އެކްސިޑެންޓްވެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

comment ކޮމެންޓް