ވިއްސާރައިގައި ހާލުގައި ޖެހުނު ކުޅުދުއްފުށީގެ ހަތަރު އާއިލާއަކަށް އެހީތެރިވެދީފި

ކުޅުދުއްފުއްޓަށް ކުރި ވިއްސާރައިގައި ގެއެއްގައި ފެން ބޮޑުވެފައި--- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށްޓަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު ހަތަރު އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ވިއްސާރާގައި ގިނަ ގެތަކަށް ފެން ވަދެ ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބުނެނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ވިއްސާރައިގައި ހާލުގައި ޖެހުނު ދެ އާއިލާއަކަށް ގެސްޓުހައުސްއެއްގައި ހިޔާވަހިކަން ހަމަޖައްސައި އަދި އެނެއް ދެ އާއިލާއަކަށް އެހެން ދެ ގެއެއްގައި ހިޔާވަހިކަން ފޯރުކޮށްދިން ކަމަށެވެ.

" ވިއްސާރަވެ އެ ގެތަކުގެ އެނދާއި އަލަމާރިއާ ހަލާކުވެ ކައްކާ ނޫޅެވޭ ވަރަށް އޮތީ ކަންތައް ގޮސްފައި." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އެ އާއިލާތަކުގެ މީހުންގެ ދިރިއުޅުނު ގޭގެ އަލުން ރީތިކޮށް ތަރުފާލުއަޅައި މިއަދު އެމީހުންގެ އަމިއްލަ ގެތަކަށް ބަދަލުވެސް ކޮށްފައިވާ ކަމަށެވެ.

ލަތީފް ވިދާޅުވީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމުގައި އެމްއެންޑީއެފްއާއި، ފުލުހުންނާއި އަދި ރެޑް ކްރެސެންޓްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ވިއްސާރައިގައި ހާލުގައި ޖެހުނު އާއިލާތަކުގެ މީހުންގެ ގޭގެއަށް ލިބުނު ގެއްލުންތައް މިހާރު ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީއަށް ހުށަހަޅާފައިވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް