ޑްރައިވަރަށް ނިދިގެން އެކްސިޑެންޓެއް ހިނގައި ކާރަކަށް ބޮޑެތި ގެއްލުންތަކެއް

އެކްސިޑެންޓްވި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި--- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ދުއްވި ކާރެއްގެ ޑްރައިވަރަަށް ނިދިޖެހިގެން އެކްސިޑެންޓްއެއް ހިނގައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގިކަމަަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 04:41 ގައި ހުޅުމާލޭގެ ރީތިގަސްމަގު ސަރަހައްދުގައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެ ކާރު ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ ގަހެއްގައި ކަމަށެވެ.

އެ އެކްސިޑެންޓްގައި ކާރުގެ ކުރީ ކޮޅު ވަރަށް ބޮޑަށް ހަލާކުވެ އިންޖީނު އެތެރެއަށް ވަދެފައިވާ ކަމަށާއި އަދި އެ ކާރުގައި ތިބި ތިން މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބުނުކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ކާރު ދުއްވަން އިން މީހާގެ މެޔަށް ތަދުވެ އެ ކާރުގައި ތިބި ޗައިނާގެ އަންހެނަކާއި ފިރިހެނެއްގެ އަތަށާއި ފަޔަށް ތަދުވިކަމަށް ފުލުހުން ބުންޏެެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށާއި އަދި ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް ކަަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް