ތިން ކިލޯޯ ޑްރަގް މައްސަލަ: މަންމަ ދޫކޮށް، ދަރިފުޅަށް ބަންދުގެ މުއްދަތު ޖަހައިފި

ހުޅުމާލެއިން ގެއަކުން ފުލުހުން ހޯދި 3 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހުޅުމާލެއިން ހައްޔަރުކުރި ދެމައިންގެ ތެެރެއިން ދަރިފުޅު ބަންދުގައި ބަހައްޓަން ހުޅުމާލެ ކޯޓުން އަމުރުކޮށްފި އެވެ. އަދި ހުޅުމާލޭ ކޯޓުން ވަނީ އަންހެން މީހާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ފުލުހުން އެންމެ ފުރަތަމަ މި ދެމައިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ. ނަމަވެސް ދެ ފަހަރަށް ހައްޔަރުކޮށް ވެސް ކޯޓުން ވަނީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ދެ މީހުން ވެސް ދޫކޮށްލާފައެވެ. އެންމެ ފަހުން ރޭ އަނެއްކާވެސް ކޯޓު އަމުރަކާއެކު ތިން ވަނަ ފަހަރަށް އެ ދެމައިން ހައްޔަރު ކުރި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު 25 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި 54 އަހަރުގެ އަންހެން މީހާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމި ކަމަށެވެ.

https://sun.mv/120040

މީގެ ކުރިން ދެ ފަހަރުވެސް އެ ދެމައިން ދޫވީ، ހައްޔަރުކުރަން ނެރުނު ކޯޓް އަމުރުގެ އިޖުރާއަތްތައް ނުބައި ވެގެން އެވެ.

އެންމެ ފުރަތަމަ އެދެމައިން ކްރިމިނަލް ކޯޓުން މިނިވަން ކުރީ، ހުޅުމާލެ ކޯޓުން ނެރުނު ކޯޓް އަމުރުގައި އަމުރު ނެރުއްވި ގާޒީގެ ނަން ނެތިގެން އެވެ. އިއްޔެ އަނެއްކާ ވެސް ހުޅުމާލެ ކޯޓުން އަމުރަކަށް އެ މީހުން ހައްޔަރުކުރުމުން ހަމަ އެ ކޯޓުން އެ މީހުން ދޫކޮށްލީ ކޯޓް އަމުރު ހޯދަން އެދުނީ މައްސަލަ ބަލައްވާ އޮފިސަރު ކަމަށް ނުވާތީ އެވެ.

މިކަމާ ގުޅިގެން ފުލުހުން ރޭ ބުނެފައިވަނީ، ފުލުހުން މި މައްސަލައާ ގުޅިގެން އަމަލުކޮށްފައިވަނީ ކުރީގެ މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަމަށާއި ފުލުހުން އިޖުރާއަތްތަކާ ހިލާފު ނުވާ ކަމަށެވެ.

https://sun.mv/120033

ކުރިމިނަލް ކޯޓުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފުލުހުން މި މައްސަލައާ ގުޅިގެން މީޑިއާ އަށް މައުލޫމަތު ދެއްވަނީ ޝަރުއީ ނިޒާމުގެ ތަސައްވަރަށް ގެއްލުންވާ ގޮތަށް ކަމަށާއި ފުލުހުންގެ މި މައްސަލައާ ގުޅިގެން އަމަލު ކުރަމުންދާ ގޮތާ މެދު ސުވާޅު އުފެދޭ ކަމަށެވެ.

comment ކޮމެންޓް