ފޯނެއް ފޭރިގަތުމަށް ފަހު ބްރިޖު ދަށުގައި ފޮރުވާފައި އޮއްވާ ހޯދައިފި

ސިނަމާލެ ބްރިޖު --

ބިދޭސީއެއްގެ އަތުން ފޭރިގަތް ފޯނެއް ސިނަމާލެ ބްރިޖު ދަށުގައި ފޮރުވާފައި އޮއްވާ ހޯދައިފި އެވެ.

ފުލުހުން ބުނީ ރޭ 9:10 އެހާކަންހާއިރު ފަރީދީމަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފޭރިގަތް ކަމަށް ބެލެވޭ ފޯނު މިއަދު ހެނދުނު 9:25 ހާއިރު ސިނަމާލެ ބްރިޖު ދަށުގައި ފޮރުވާފައި އޮއްވާ ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް