"ޖަބަރިޔާ ޖޯޅީ" އަނެއްކާވެސް ފަސްކޮށްފި

ފިލްމުގެ ޕޯސްޓަރެއް--

ސިދާރްތު މަލްހޯތުރާ އަދި ޕަރިނީތީ ޗޯޕްރާގެ ފިލްމު 'ޖަބަރިޔާ ޖޯޅީ' ރިލީޒްކުރުން ތިން ވަނަ ފަހަރަށް ފަސްކޮށްފިއެވެ.

އެ ފިލްމު އެންމެ ކުރިން ރިލީޒްކުރަން ނިންމީ މެއި 17 ގައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީޚު ޖުލައި 12 އަށް ވަނީ ފަހު ބަދަލުކޮށްފައެވެ. އަނެއްކާ ވެސް އެ ތާރީހަށް މިވަނީ ބަދަލެއް ގެނެއްސައެވެ.

މިހާރު ފިލްމު އަޅުވާނީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހަށެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޕްރަޝާންތު ސިންގް ޑައިރެކްޓު ކޮށްފައިވާ 'ޖަބަރިޔާ ޖޯޅީ' އަކީ ސިދާރްތާާއި ޕަރިނީތީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

އެކްތާ ބުނީ ފިލްމު ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ރިތިކް ރޯޝަންގެ "ސުޕަ 30" ޖުލައި 12 އަށް ގެންނަން ނިންމާފައިވާތީ ކަމަށެވެ.

ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ ބިހާރުގައި އޮންނަ ކައިވެންޏެއް، އެ ކައިވެނި ކުރަން އުޅޭ ފިރިހެން މީހާ، ކައިވެނީގެ ކުރިން ފޮރުވުން ނުވަތަ ވަގަށް ނެގުމުގެ ސަގާފަތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

'ޖަބަރިޔާ ޖޯޅީ' އަކީ ސިދާރްތާާއި ޕަރިނީތީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

comment ކޮމެންޓް