ދިރާގުން އީދު ހަދިޔާ ބަހައިފި

ދިރާގުން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން -- ފޮޓޯ: ދިރާގު

ފިތުރު އީދާ ގުޅުވައިގެން ދިރާގުން ކޮންމެ އަަހަރަކު ވެސް ކުރިއަށް ގެންދާ އީދު ހަދިޔާ ބެހުމުގެ ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ދިރާގުން ބުނީ ކޮންމެ އަހަރަކު ވެސް އީދާ ގުޅުވައިގެން ކުޑަކުދިންނަށް ހަދިޔާ ދިނުމުގެ ބޭނުމަކީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި، ކުޑަކުދިންގެ މެދުގައި މިފަދަ ސަގާފަތްތައް ދިރުވުމަކީ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ދެކޭތީ ކަމަށެވެ. މީގެ އިތުރުން އީދުގައި ހަދިޔާ ލިބުމަކީ ކުޑަ ކުދިން އެކަމަކަށް ވަރަށް އިންތިޒާރުކުރާ ކަމެއްކަމަށް ވުމަކީ ވެސް އެ ހަރަކާތުގެ މަގުސަދެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން -- ފޮޓޯ: ދިރާގު

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ދިރާގުން ވަނީ ކުޑަކުދިންނަށް ހަދިޔާ ބަހައިފަ އެވެ. އަތޮޅު ތެރެއިން އީދު ހަދިޔާ ބެހުމުގެ ހަރަކާތް ދިރާގުން ކުރިޔަށް ގެންދިޔައީ އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގަ އެވެ. އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުއައްޒިފުން އީދު ނަމާދަށް ފަހު ކުޑަ ކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް، އީދު ހަދިޔާ ބެހި އެވެ.

ކޮންމެ އަހަރަކު ދިރާގުން ކުރިއަށްގެންދާ މި ހަރަކާތަކީ ދިރާގުގެ ގިނަ މުވައްޒަފުންގެ އެއްބާރުލުމާއެކު ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ.

އެހެން އަހަރުތެކެކޭ އެއްފަދައިން މިއަހަރު ވެސް ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ހަދިޔާ ދިނުމުގައި ބައިވެރިވުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ އުފަލެއްކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް