ޑިވައިޑަރުތައް ފުނޑުފުނޑުކޮށްލި ކާރު ޓޯ ކޮށްފި

މިއަދުގެ އެކްސިޑެންތުގައި ބްރިޖު ހައިވޭގެ ޑިވައިޑަރު ފުނޑުފުނޑުވެފައި -- ފޮޓޯ: ޕޮލިސް

މާލެ-ހުޅުމާލެ ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި، ލިންކް ރޯޑުގެ ޑިވައިޑަރުތައް ފުނޑުފުނޑު ވުމުންވެސް މަޑުނުކޮށް ދިޔަ ޕްރައިވެޓް ކާރު ފުލުހުން ޓޯކޮށްފި އެވެ.

ފުލުހުން ބުނީ އެ ކާރު ޓޯ ކޮށްފައި ވަނީ މިއަދު 13:00ގައި ކަމަށެވެ.

މިއަދު އެ އެކްސިޑެންޓް ހިނގުމުން ވެސް އެ ކާރު ވަނީ މަޑުނުކޮށް ގޮސްފަ އެވެ. އެކްސިޑެންޓްވި ޕްރައިވެޓް ކާރު ގަރާޖެއްގެ ތެރެއިން މިއަދު 11:00 ޖަހާއިރު ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސިނަމާލެ ބްރިޖު ހުޅުވިފަހުން ފާއިތުވި ދުވަސްތަކުގައި ބްރިޖާއި ހައިވޭގައި ގިނަ އެކްސިޑެންޓުތައް ހިނގާފައިވާ އިރު، ބްރިޖު ހައިވޭގެ ރޯޑް ޑިވައިޑަރުތައް އެކިފަހަރު މަތިން ހިނގި އެކްސިޑެންޓުތަކުގައި ވަނީ ފުނޑުފުނޑުވެފަ އެވެ. ޑިވައިޑަރުތައް ހަލާކުވިނަމަވެސް، އެތަންތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް