ސަޅިވާނެ! އީދު ދުވަހު ލާންވީ މި ހެދުންތައް

ރައިދާސް މޯލްޑިވްސް އިން ޑިޒައިންކޮށްފައިވާ އަބަޔާ އެއް-- ފޮޓޯ:ރައިދާސްމޯލްޑިވްސް

ނަލަ ހެދުންލާ، ފުށްޖަހާ، ނިކަން މީރުވަސްދުވާ އަތަރުުކޮޅެއް ހާކައިގެން މިއަދު އެންމެންވެސް އަވަސްވެގަންނާނީ އީދު ނަމާދަށެވެ. ވާނީވެސް އެހެންތާއެވެ. މިއީ ފަރިވެލުމަށް އެންމެނަށްވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. ސްޓައިލިސްޓް އާއިޝަތު ހަޒްމަތު (ނޯނި) އާޢި އެކު މި ހިމަނާލަނީ މި އީދުދުވަހު ސްޓައިލްކޮށްލެވިދާނެ ގޮތްތަކެކެވެ.

ރައިދާސް މޯލްޑިވްސްގެ ޓޭލް އޮފް ދަ ވީވާރސް ކަލެކްޝަންގެ އަބާޔާ އެއް--ފޮޓޯ: ރައިދާސް މޯލްޑިވްސް

އީދު ނަމާދު

އީދުނަމާދަށް ދިއުމަށް ކޮންމެ މީހެއްވެސް ހެދުން އަޅަން ބޭނުންވާނީ ވަރަށް މޮޑެސްޓްކޮށެވެ. މިކަމަށް އެންމެ ކަމުދާނެ އެއް ހެދުމަކީ ކާމިޔާބު ދިވެހި ޑިޒައިނާ ރައިދާ އިސްމާއިލް ޝަފީގުގެ 'ޓޭލް އޮފް ދަ ވީވާ" ކަލެކްޝަންގެ އަބާޔާ އެވެ. އިރުމަތީ އަޒަރްބައިޖާންގެ ތަބްރީޒް ސިޓީގައި ވިޔެ އުޅޭ ކާޕެޓްތަކަކުން އިންސްޕައާވެގެން ޑިޒައިން ކޮށްފައިވާ މި ކަލެކްޝަންގައި ހިމެނޭ އަބާޔާތަކަކީ ވެލްވެޓް ޓްރެންޑަށް ލޯބިކުރާ ފަރާތްތަކަށްވެސް ވަރަށް ކަމުދާނެ ހެދުންތަކެކެވެ. މި ކަލެކްޝަންގައި އަދި އިތުރު އެހެން ޑިޒައިންތަކެއްވެސް ހިމެނެއެވެ.

ޓައި ޑައި ޕްރިންޓެޑް ސްކާރޓްއެއް

ކެޝުުއަލް ހެދުމެއް

މިފަހަރުގެ ފިތުރު އީދު މި ބައްދަލުކުރީ ސްކޫލްތަކުގެވެސް ޗުއްޓީއާއި އެކުގައެވެ. އެހެންކަމުން ގިނަބަޔަކު ތިބީ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޗުއްޓީ ހޭދަކުރުމުގައެވެ. މި އީދުގައި އަހަރެމެން މިފަދަ ބައެއް ފަރާތްތަކަށްވެސް ކަމުދާނޭ ސްޓައިލްއެއް ހިމަނާލީމެވެ.

ނޯނި ބުނާގޮތުން، މި އީދުގައި ކެޝުއަލް ލުކް އެއް ބޭނުންވާނަމަ އެންމެ ކަމުދާނެ އެއް ސްޓައިލްއަކަށްވާނީ މިހާރު އެންމެ މަޝްހޫރު "ޓައި ޑާއި ޓްރެންޑް" އެވެ. އެކި ކުލަތައް ފޭދިފައި ހުންނަ ސްޓައިލްއަކަށް ހުންނަ މި ޕްރިންޓްގެ ހެދުން، ސްކާޓް އަދި ހަރުވާޅުވެސް މިހާރު ފަސޭހައިން ލިބެން ހުރެއެވެ

ވްރެޕް ޑްރެސްތަކެއް

އެއާއި އެކު، ވްރެޕް ޑްރެސްއަކީވެސް ވަރަށް ކެޝުއަލް ލުކްއެއް ބޭނުންވާ ފަރާތްތަކަށް ކަމުދާނެ ހެދުމެކެވެ. ބަންދު ހެދުމުގެ ގޮތުގައި ދިވެހީންގެ މެދުގައި މަގްބޫލް މި ހެދުން ގަޔަށް ފަސޭހަވާނެ ކަމަށް ވެސް ނޯނި ބުނެ އެވެ.

ޖަމްޕްސޫޓްސް ތަކެއް..

އީވްނިން ޑްރެސް

ދެން އޮތީ އީދުގެ ހަވީރީ ހެދުން ނުވަތަ އީވްނިން ޑްރެސް އެވެ. ނޯނި ބުނާގޮތުން މި އީދުގައި ރޭގަނޑަށް ނުވަތަ ހަވީރަށް އެންމެ ކަމުދާނީ އެއް ލުކްއަކަށް ވާނީ ޖަމްޕްސޫޓްއެކެވެ. ތަފާތު އެކި ޑިޒައިންތަކުގެ ޖަމްޕްސޫޓްތައް މިހާރު ލިބެން ހުންނައިރު މި ހެދުންތަކާއި އެކު ގޯލްޑް ޗެއިންކަހަލަ އެކްސަސަރީޒް ބޭނުންކޮށްލުމުން ވަރަށް ފުރިހަމަވާނެ އެވެ.

comment ކޮމެންޓް