ތުހުމަތުތަކަކީ ދޮގެއް، ހައްގު ނޫން ފައިސާއެއް ނުހުންނާނެ: ފަނޑިޔާރު ޑީޑީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދި --- ސަންފޮޓޯ

ހައްގު ނޫން އެއްވެސް ފައިސާއެއް ގުޅުން ހުރި އެކައުންޓެއްގައި ނުހުންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދި ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅުއްވާފަ އެވެ. އެމައްސަލައަކީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބި ކަބަލުންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެއް ކަން އެނގިފައިވެ އެވެ. އެއީ ހުކުމާ ގުޅިގެން ޖަމާކުރި ފައިސާ ކަމަށް ތުހުމަތު ކުރެ އެވެ.

ފަނޑިޔާރު ޑީޑީ މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަށް ނުހައްގު އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ ނޫސްތަކުގައި ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށެވެ.

"ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައ ނުހުންނާނެ ކަމުގެ ޔަގީންކަން ދެން" ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އެ ބަޔާނުގައި ފަނޑިޔާރު ޑީޑީ އިތުރަށް ވިދާޅުވެފައިވަނީ އިއްޔެ އެމަނިކުފާނުގެ އަބުރު ކަތިލުމަށް ކަމުގެ ދެކޮޅު ނުބަލައި ފަތުރާފައިވާ ހަބަރުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ފަނޑިޔާރު ޑީޑީ ވިދާޅުވީ ކޮންމެ ފަރުދެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޖަވާބުދާރީވުމުގެ ފުރުސަތަކީ ގާނޫނުން ލިބިދޭ ހައްގެއް ކަމަށެވެ. އަދި އެ ހައްގު ލިބިދިނުމަކާ ނުލައި އެމަނިކުފާނުގެ އަބުރާއި ނަން ކިލަނބުކޮށްލުމަށް ކޮށްފައިވަނީ އިންސާނީ ހައްގުތަކާއި ނުބައްދަލު ވަރަށް ހުތުރުކަން ބޮޑު އަމަލެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

https://sun.mv/119911

comment ކޮމެންޓް