ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް އަމާން ތަނަކަށް ހަދައިދީ: ނައިބު ރައީސް

"ރޯޑް ސޭފްޓީ އެވެއާނެސް" ގެ ނަމުގައި މިއަދު ހަވީރު މާލޭގައި ކެމްޕެއިނެއް ފެށުން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައިގެ ރައްޔިތުންނަށް ވެސް އަމާން ރައްކާތެރި މަގުތަކެއްގެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިލައްވައިފި އެވެ.

"ރޯޑް ސޭފްޓީ އެވެއާނެސް" ގެ ނަމުގައި މިއަދު ހަވީރު މާލޭގައި ވަނީ ކެމްޕެއިނެއް ފަށާފަ އެވެ. އެ ކެމްޕެއިން ފެށުމަށް މިއަދު ހަވީރު އެއް ނަމްބަރު ފާލަން ކައިރީ ބޭއްވި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ހުރިހާގޮތަކުންވެސް ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

"ރާއްޖޭގެ އެކި ހިސާބުގައާއި ހާއްސަކޮށް މާލޭގެ މަގުމަތީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުން އަންނަ މިދުވަސްވަރު މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަދު މި ފެށި ހަރަކާތަކީ ވަރަށް މުހިންމު ހަރާކާތެއް" ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

"ރޯޑް ސޭފްޓީ އެވެއާނެސް" ގެ ނަމުގައި މިއަދު ހަވީރު މާލޭގައި ކެމްޕެއިނެއް ފެށުން --- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ކަފިހި ހުރަސްތަކުން ހުރަސް ކުރާ ފަރާތްތަކަށް ޖާގަދޭން ޖެހޭ ކަމަށެވެ. އަދި ދުވާރު މަތީގައި ހުރަސްކުރުމުގެ އިންތިޒާރީގައި މަޑުކޮށްލުމުން ސައިކަލާއި ކާރު ފަދަ އުޅަނދު، ހިނގާ މީހުން ހުރަސްކުރުމަށް ޖާގަދެއްވުމަށްވެސް ނައިބު ރައިސް އެދިލެއްވި އެވެ. އަދި ހިނގާ މީހުންވެސް ކިތަންމެ ހަނި މަގަކުން ވިއަސް ދުވާރުން ހިނގުމަށް އިސްކަންދެއްވުމަށް އެދިލެއްވި އެވެ.

މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެކްސިޑެންޓް ތަކުގެ ސަބަބުން މީހުން މަރުވުމާއި ނުކުޅެދެ ހާލަތަށް މީހުން ދާ އަދަދުވެސް ގިނަ އެވެ.

comment ކޮމެންޓް