އިންޑިއާގެ ހޯމް މިނިސްޓަރާ މެދު މުސްލިމުންގެ ކަންބޮޑުވުން

މުސްލިމުންނާ މެދު ނަފްރަތު ކުރާ އިންޑިޔާގެ އައު ދާޚިލީ ވަޒީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ދެވަނަ ސަރުކާރުގެ ކެބިނެޓު އެކުލަވާލި އިރު، އެގައުމުގެ ހޯމް މިނިސްޓަރުކަމަށް ބާރަތިޔާ ޖަނަތާ ޕާޓީގެ ރައީސް އަމިތު ޝާހު ހަމަޖެއްސެވުމާ ގުޅިގެން އިންޑިއާގެ މުސްލިމުންނަށް ސިހުން ލިބި، ނުތަނަވަސްކަން ކުރިމަތިވެއްޖެއެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހަކީ ހިންދޫ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އޭނާ ވަނީ މުސްލިމުންނަށް ނުރުހުމާއި ނަފްރަތުގެ ބަސްތައް ރައްދު ކުރައްވާފައެވެ. އިންޑިއާ މިނިވަންވުމުގެ ކުރީކޮޅު ގަވައިދާ ހިލާފަށް ހިޖުރަކޮށް، އިންޑިއާގައި ދިރިއުޅޭ ބުދިސްޓުންނާއި ސީކުންނާއި ހިންދޫންނަށް އިންޑިއާގެ ރައްވެހިކަމުގެ ހައްގު ދީފައި، އެފަދައިން އުޅޭ މުސްލިމުންނަށް އެ ހައްގު ނުދީ އެމީހުން އިންޑިއާއިން ބޭރުކޮށްލާނެކަމުގެ އިންޒާރު، އަމިތު ކެމްޕޭނުގެ ދުވަސްވަރު ދެއްވިއެވެ.

ގަވައިދާ ހިލާފަށް އިންޑިއާގައި އުޅޭ ގިނަ މުސްލިމުން އުޅެނީ ވެސްޓް ބެންގޯލްގައެވެ. މީގެ 60 އެއްހާ އަހަރު ކުރިން ފެށިގެން އެއްވެސް މައްސަލައެއް ނުޖެހި ދިރިއުޅެމުން ދިޔަ ެ މީހުންނަކީ ބަންގްލަދޭޝުން ހިޖުރަކުރި ބައެއްކަމަށް ބެލެވޭއިރު، ބީޖޭޕީގެ ވެރިކަމުގައި ވެސްޓް ބެންގޯލްގެ ސަރުކާރުން ވަނީ އެމީހުންގެ އަތުގައި ހިޖުރައިގެ ލިޔެކިޔުންތައް ނެތްކަމަށް ބުނެ، ހަތަރު މިލިއަނެެއްހާ މުސްލިމުން އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ދެކޮޅު ހަދާފައެވެ.

މިލިޔުންތައް ފުރިހަމަކޮށްގެން އިންޑިއާގެ ރައްވެހިންގެ ގޮތުގައި ރަޖީސްޓްރީކޮށްދީފައި ވަނީ މަދު އަދަދެއްގެ މުސްލިމުންނެވެ. ނަމަވެސް ގަވައިދާ ޚިލާފަށް ދިރިއުޅޭ މީހުންގެ އެހެން ދީންތަކުގެ މީހުންނަށް ލިޔެކިޔުންތަކާ ނުލާ ވެސް އިންޑިއާގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީކުރުމުގ ފުރުސަތު ދިނެވެ.

މޯދީގެ ދެވަނަ ސަރުތުގައި ހޯމް މިނިސްޓަރުކަން އަމިތު ޝާހަށް ދިނުމުގެ ސަބަބުގައި ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި އޭނާއަކީ ބީޖޭޕީގެ ރައީސަށް ވުމުގެ އިތުރުން ހިންދޫ ހަރުކަށި ފިކުރު ހުރުމާއި، މުސްލިމުންނަށް ނަފްރަތުކުރުމުގެ އިތުރުން މި އަހަރުގެ އިންތިހާބުގައި މޯދީގެ ސިޔާސީ ކާމިޔާބީގެ ފަހަތުގައި ވަނީ އަމިތުގެ މަސައްކަތް ކަމަށްވުން ހިމެނެއެވެ.

ހޯމް މިނިސްޓަރުކަން އަމިތަށް ލިބުމަކީ، ކެމްޕޭނުގައި އެނާ މުސްލިމުންނަށް ދެއްވި އިންޒާރުތައް ތަންފީޒުކުރުމަށް ފަސޭހަވެގެން ދާނެ ކަމަކަށް ވާނެއެވެ. އެ މަގަމަށް އަމިތު އއްޔަނުކުރުމުން ހަރުކަށި ފިކުރުގެ ހިންދޫއިން ވަނީ އުފާ ފާޅުކޮށްފައެވެ. ނަމަވެސް މުސްލިމުން ތިބީ އެމީހުންގެ މުސްތަގުބަލާ މެދު ކަންބޮޑުވެފައެވެ.

އިންޑިއާގައި ދެވަނައަށް އެންމެ ބޮޑު އާބާދީއަކީ މުސްލިމުން ކަމަށް ވިޔަސް ބީޖޭޕީއަކީ މުސްލިމުންނާ ދުޝްމަންކަން ގެންގުޅުމުގެ އިތުރުން މީގެ ވިއްސަކަށް އަހަރުކުރިން ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތަކުގެ ފަހަތުގައި ހުރީ ބީޖޭޕީ ކަމުންން އެ ޕާޓީގެ އިސް ސަފުގައި މުސްލިމުން އާދަޔާ ޚިލާފަށް މަދެވެ.

މިފަހަރުގެ އިންތިހާބުގައި ލޮކް ސަބާގެ 437 ގޮނޑިއަށް ބީޖޭޕީން ބާދަކުރި އިރު އޭގެ ތެރޭގައި ހިމެނުނީ އެންމެ ހަތް މުސްލިމުންނެވެ. އެއިން އެކަކަށްވެސް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.

މިފަހަރުގެ އިންތިހާބުގައި މުސްލިމުންގެ ތެރެއިން ގޮނޑިއެއް ކާމިޔާބުކުރެވުނީ އެންމެ 26 މީހަކަށެވެ. އޭގެ ތެރޭގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ހަތް މެމްބަރުން ހިމެނޭ އިރު، ބާކީ 19 މެމްބަރުން ހޮވުނީ ކުދި ޕާޓީތަކުންނާއި އަމިއްލަ ގޮތުންނެވެ.

އިންޑިއާއަކީ އިންޑޮނޭޝިއައަށްފަހު މުސްލިމު އާބާދީ އެންމެ ބޮޑު ގައުމެވެ. އިންޑިާގެ އާބާދީގައި 170 މިލިއަން މުސްލިމުން ހިމެނޭއިރު، އެމީހުންނަކީ ވިޔަފާރިއާއި ޕްރޮފެޝަނަލް ދާއިރާތަކުގައި އިސްކޮށް އުޅޭ، ތަނަވަސް ބައެކެވެ. ކޮންގްރެސް ޕާޓީން އިންޑިއާގައި ވެރިކަން ކރުި ދިގު މުއްދަތުގައި އިންޑިއާގެ ޕާލަމެންޓާއި ސަރުޚާރުގައި މުސްލިމުން ތަމްސީލުކުރި މިންވަރު ވަރަށް މައްޗެވެ. ނަމަވެސް ބީޖޭޕީގެ ވެރިކަމުގައި މި އަދަދު އާދަޔާޚިލާފަށް މަދެވެ.

މޯދީގެ ދެވަނަ ދައުރުގައި އޭނާ އެކުލަވާލެއްވި ކެބިނެޓްގައި ހިމެނެނީ އެންމެ މުސްލިމެކެވެ. އެއީ މުޚްތާރު އައްބާސް ނަގުވީ އެވެ. އޭނާއަކީ ވަރަށް ކުރިންސުރެ ބީޖޭޕީގެ މެމްބަރެކެވެ. 61 އަހަރުގެ މުޚްތާރުއަކީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޕާލަމެންޓްގެ މަތިގެ ކަމަށްވާ ރާޖްޔާ ސަބްހާގެ މެންބަރެކެވެ. މުޚްތާރަށް ދީފައިވަނީ މޯދީގެ ކެބިނެޓްގައި ވަރަށް އާދައިގެ މިނިސްޓްރީއެކެވެ. އެއީ މައިނޯރިޓީތަކާ (ބައިމަދު ނަސްލުތަކާ) ބެހޭ މިނިސްޓްރީގެ ވަޒީރުކަމެވެ.

comment ކޮމެންޓް