ރެސިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓު ޓޫރިސްޓުންނަށް ހުޅުވައިިފި

ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓު: އެ ރިސޯޓު އިއްޔެ ވަނީ ހުޅުވާފައި --

ގއ. ދިގުރަށުގައި ތަރައްގީ ކުރި، ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓު އިއްޔެ ފަތުރުވެރިންނަށް ހުޅުވައިފިއެވެ.

އެއް ފަޅެއްގައި އޮންނަ ރެސިޑެންސް މޯލްޑިވްސް އެޓް ފަޅުމާފުށީ ރިސޯޓާއި އެއް ކިލޯމީޓަރުގެ ބްރިޖަކުން ގުޅުވާލައިގެން ތަރައްގީ ކުރި ރެސިޑެންސް މޯލްޑިވްސް ދިގުރަށް މެނޭޖުކޮށް ބަލަހައްޓަނީ ފަޅުމާފުށި ރިސޯޓުވެސް ބަލައްޓާ މަޝްހޫރު ހޮޓެލް ބްރޭންޑް ސެނިޒާރޯ އިންނެވެ.

ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓު: އެ ރިސޯޓު އިއްޔެ ވަނީ ހުޅުވާފައި --

މިހާރު ހުވަދު އޮތޮޅުގެ އެންމެ ބޮޑު ރިސޯޓަށް ވެފައިވާ ދިގުރަށް ރިސޯޓަކީ ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. އެ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެޗްއާރްސީ)އާއެވެ.

އެ ރިސޯޓުގެ ސޮފްޓް އޯޕެނިންއަށް ފަހު އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ހުޅުވާލައިފައެވެ.

ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓު: އެ ރިސޯޓު އިއްޔެ ވަނީ ހުޅުވާފައި --

ދިގުރަށް ރިސޯޓުގައި 173 ވިލާ ހުންނަ އިރު އެއިން ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުރެއެވެ. އަދި ކޮންމެ ވިލާއަކަށް ދެ ބައިސިކަލް ހުރެއެވެ. އެ ރިސޯޓުގައި 42 މީޓަރުގެ ދިގުމިނުގެ އިންފިނިޓީ ޕޫލެއްވެސް ހުންނަކަން ފާހަގަކޮށްލެވެއެވެ.

ދިގުރަށް ރިސޯޓަށް މުވައްޒަފުން ހޯދުމަށް މީގެ ކުރިން މާލެއާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގައި އޯޕަން ޑޭތައް ބާއްވާފައިވެއެވެ.

comment ކޮމެންޓް