ކާރެއްގެ ދޮރު ހުޅުވުމުން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭ ރިންގު ރޯޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަނަވަރީ މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފައި އޮތް ކާރެއްގެ ދޮރު ހުޅުވުމުން، ދުއްވާފައި އައި ސައިކަލެއް ކާރުގެ ދޮރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހަވީރު 16:09 އެހާކަން ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެން މީހާ އަށެވެ.

އޭނާގެ ކޮނޑު ހުޅަށް އަނިޔާވެ، ވާތް ފަރާތު ފަޔާއި އަތުގެ ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

ކާރު ދުއްވަން އިނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް، ކާރު ދުއްވަން އިން މީހާގެ ލައިސެންސް ފުލުހުން މިހާރު ވަނީ 48 ގަޑިއިރަށް ހިފަހައްޓައިފައެވެ.

އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް