އުރީދޫ ބަދިގެ: ތައި ފިޝް ކޭކް

އާންމުކޮށް ކޭކެއްގެ ވާހަކަ ދައްކާލުމުން ސިފަކުރެވެނީ ފުށާއި ބިހާއި ދެން ކޮންމެވެސް ކަހަލަ ފްލޭވަރިންއަކާއި އެކީ މިއަޅާ ކޭކުތަކެވެ. ފޮނި ރަހައެވެ. ނަމަވެސް މިއަދު އުރީދޫ ބަދިގެއިން ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުން ތައްޔާރުކޮށްލަނީ ތައި ފިޝް ކޭކްއެކެވެ. މިއީ ކަނޑުމަހުން ތައްޔާރުކުރާ ކޭކެކެވެ.

ބޭނުންވާ ތަކެތި

  • 160 ގްރާމް މިންސްޑް ޓޫނާ
  • 1/2 ސައިސަމްސާ ލެމަންގްރާސް (ކޮށާފައި)
  • 1/2 ސައިސަމްސާ ތައި ޗިލީ (ކޮށާފައި)
  • ލައިމް ލީފް
  • ލޮނުމެދު ކޮޅެއް (ކޮށާފައި)
  • 1/4 ސައިސަމްސާ ލޮނު
  • އަސޭމިރުސް

ބެޓާއަށް ބޭނުންވާ ތަކެތި

  • 1 ބިސް
  • 30 ގްރާމް ފުށް
  • 20 އެމްއެލް ފެން
  • 300 އެމްއެލް ތެޔޮ (ތެލުލުމަށް)
  • ބްރެޑް ކްރަމްޕްސް ނުވަތަ ހުނި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ މަހާއި އެކު އެއަށް ބޭނުންވާ ހުރިހާ އިންގްރިޑިއަންޓެއް އެއްކޮށް ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ގާތްގަނޑަކަށް 40 ގްރާމް އަށް ވާވަރުގެ އެތިކޮޅުކޮޅު ނަގާ ޕެޓީއެއް ހަދާށެވެ. އެއަށްފަހު ބިހުގެ ތެރެއަށް ލުމަށްފަހު، ފުށުގެ ތެރެއަށް ދެން ބްރެޑް ކްރަމްޕްސް ނުބަތަ ހުނީގެ ތެރެއަށްލާ ރަނގަޅަށް ކޯޓް ކޮށްލާށެވެ.

އެއަށްފަހު ގާތްގަނޑަކަށް 3 މިނިޓް ވަންދެން ކޮންމެ ފަޅިއެއް ތެލުލާލާށެވެ.

ސާވްކުރުމަށްޓަކައި ހޮޓް ޒިލީ ޑިޕިންއެއް ނުވަތަ ތައި ޗިލީ ސޯސްއެއް ބޭނުންކުރެވިދާނެއެވެ.

comment ކޮމެންޓް