"ދައުވަތު"ގެ ޓިކެޓް ވިއްކަން ފަށައިފި

ފިލްމުގެ ލީޑް އަންހެން ތަރި މަރިޔަމް އައްޒަ---

ފިލްމީތަރި ޔޫސުފް ޝަފީއު(ޔޫއްޕެ) ތައްޔާރުކޮށް އުފައްދާ ފިލްމު "ދައުވަތު"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

އިއްޔެ މެންދުރު ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ޓިކެޓް ވިއްކުން ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ.

"ދައުވަތު" މި މަހު 12 ވަނަ ދުވަހުގެ ރޭ ސިނަމާއަށް ގެންނަން ވަނީ ނިންމައިފަ އެވެ.

ފިލްމުގެ 15 ޝޯ އެއް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމައިފަ އެވެ. ފިލްމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

ރޯދަ މަހު ފިލްމުގެ ޓިކެޓް ވިއްކާނީ މެންދުރު 14:00 އިން ރޭގަނޑު 23:00އަށެވެ. އެހެނިހެން ދުވަސްތަކު ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން ރޭގަނޑު 23:00ގެ ނިޔަލަށެވެ.

އެ ފިލްމަކީ މިއަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ތިން ވަނަ ފިލްމެވެ.

"ދައުވަތު"ގައި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ކުރިއަރަމުން އަންނަ ބަތަލާ އިރްފާނާ އިބްރާހީމް (އިރޫ)ވެސް ފެނިގެންދާނެ އެވެ.

"ދައުވަތު" އަކީ ރާއްޖޭގައި ބޮޑުވެފައިވާ ސިހުރުގެ މައްސަލަތަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބ ދަރަވަންދޫގަ އެވެ. ފިލްމުގެ ޓީޒާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު ޓިޒާއިން ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ބިރުވެރި މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.

މި ފިލްމަކީ ވީ މީޑިއާގެ މުނިފޫހި ގޮފިން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.

comment ކޮމެންޓް