އިތުރު ދައުރަކަށް ކުރިމަތިލުމަށް އަދި ނުނިންމަން: ސިރިސޭނާ

މިއަދު އިންޑިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިރިސޭނާ ވާހަކަ ދައްކަވަނީ: އެނާ ވިދާޅުވީ، ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން އަދި ނުނިންމަވާ ކަމަށް -- ފޮޓޯ/ އޭޕީ

ރިޔާސީ އިތުރު ދައުރަކަށް ކުރިމަތި ލައްވަން އަދި ނުނިންމަވާ ކަމަށް އަވަށްޓެރި ސްރީލަންކާގެ ރައީސް މަތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ރައީސް ސިރިސޭނާގެ ރިޔާސީ ދައުރު ނިމެނޭ އަންނަ އަހަރު ޖެނުއަރީ މަހު، ނުވަ ވަނަ ދުވަހަށެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު ހަތް ވަނަ ދުވަހެވެ.

އިންޑީއާގެ ބޮޑު ވަޒީރު ނަރެހެންދުރަ މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެގައުމަށް ވަޑައިގެން ހުންނެވި ސިރިސޭނާ ނޫސްވެރިންނާ ބައްދަލުކޮށް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ބައިވެރިވާން ގޮތެއް ނިންމަން އަދި އަވަސް ކަމަށެވެ.

"އަވަސް އަރުވާލައިގެން [ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމާ މެދު] އަދި ގޮތެއް ނުނިންމަވަން،" ސިރިސޭނާ ވިދާޅުވިއެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަ މަހަށް ވެފައި ވާއިރު، މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ، ކުރީގެ ރައީސް އަދި ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަަގެ ކޮއްކޯފުޅު، ގޯޓާބަޔަ ރާޖަޕަކްސަ އެކަންޏެވެ.

ލަންކާގައި 25 އަހަރަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނެވި އިރު، ގޮޓަބަޔަ ހުންނެވީ އެ ގައުމުގެ ޑިފެންސް ސެކެޓްރީގެ މަގާމުގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި އިރު، އެގައުމުގައި މިދިޔަ އެޕްރީލް މަހު ހިނގި ބޮމުގެ ހަމަލާތަކާ ގުޅިގެން ސިރިސޭނާގެ ސަރުކާރަށް އެގައުމުގެ ބައެއް ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ. އެ ހަމަލާތަކާ ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް