ދެވަނަ ފަހަރަށްވެސް ސައުދީގެ ބޯޓަށް މަޖުބޫރުވީ ހަތިޔާރު ބަރުނުކޮށް ފުރަން

ސައުދީގެ ކާގޯ ބޯޓު---

ފްރާންސުން ގަތް ހަތިޔާރުތައް ބަލައި އައި ސައުދީއަރަބިއްޔާގެ ބޯޓަކަށް ދެވަނަ ފަހަރަށްވެސް ހަތިޔާރު ބަރުނުކޮށް ފްރާންސުން ފުރަން ޖެހިއްޖެއެވެ.

އެ ބޯޓަށް ހަތިޔާރުބަރުނުކުރެވުނީ ފަރަންސޭސީ ވިލާތުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޭސީއޭޓީން ކުރި ވަރުގަދަ މުޒާހަރާތަކާ ހެދިއެވެ. އެ ޖަމާއަތަކީ ސައުދީ އަރަބިއްޔާއިން ޔަމަނުން ދޭ ހަމަލާތަކާ ވަރަށް ބޮޑަށް ދެކޮޅު ޖަމާއަތެކެވެ.

މީގެ ދެހަފުތާ ކުރިންވެސް އެ ޖަމިއްޔާއިން ކުރި މުޒާހަރާތަކޭ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޓަކަށް ޖެހުނީ ހަތިޔާތު ނާރުވައި ފުރާށެވެ. އެ ޖަމިއްޔާއިން ދަނީ ފްރާންސްގެ ސަރުކާރުން ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ވަރަށް ބޮޑަށް ގޮވާލަމުންވެސް މެއެވެ.

ފްރާންސުން ސައުދީއަށް ވިއްކާ ހަތިޔާރުތަކުގެ ތެރޭގައި ޔަމަނަށް ހަމަލާ ދޭން ބޭނުންކުރާ ހަތިޔާރުތައް ހިމެނޭކަން އެނގިގެންދިޔައީ އޮންލައިން އިންވެސްޓިގޭޓިވް ސައިޓަކުން އެ މައުލޫމާތުތައް ލީކްކޮށްލުމާ ގުޅިގެންނެވެ. ސައުދީއަށް ވިއްކި ހަތިޔާރުތަކުގެ ތެރޭގައި ޓޭންކާއި ލޭޒާ ގައިޑެޑް މިސައިލް ހިމެނެއެވެ.

ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން ސަނާއަށް މިމަހުވެސް ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ސައުދީން ބުނީ އެހަމަލާތައް ދިނީ، އީރާނުގެ އެހީ ލިބޭ ހޫޘީން ސައުދީގެ ތެޔޮ ހޮޅިއަކަށް ޑްރޯން ހަމަލާތަކެއް ދިނުމުން ކަމަށެވެ. އަދި ބުނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން ބަޔަކު ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ހަތަރު ތެޔޮ ޓޭންކަރު ތެރޭގައި ސައުދީގެ ދެ ޓޭންކަރު ހިމެނޭ ކަމަށެވެ.

comment ކޮމެންޓް