ޖަލު އޮޑިޓްގެ ރިޕޯޓް މަޖިލީހުގެ ރައީސްއަށް އަރުވައިފި

ހޯމް މިނިސްޓަރު ޝެއިހް އިމްރާން ޖަލު ރިޕޯޓް މަޖިލީހުގެ ރައީސްއަށް މިއަދު އަރުވަނީ. -- ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން ބުނީ، މިއަދު އެ އިދާރާގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ކޮމިޝަން ފޯ ޕްރިޒަންސް އޯޑިޓުން ތައްޔާރުކޮށްފައިވާ ޖަލުތަކުގެ އޮޑިޓް ރިޕޯޓް މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަރުއްވާފައިވާ ކަމަށެވެ.

ޖަލު އޮޑިޓް ރިޕޯޓަކީ ހާއްސަ ކޮމިޓީއަކުން ޖަލުތައް ބަލައި އަދި ގައިދީންނާއި ކަމާ ގުޅޭ އެހެން ވެސް މުއައްސަސާތަކާ އެކު ބައްދަލު ކުރެއްވުމަށް ފަހު، އެކުލަވާލި ރިޕޯޓެކެވެ.

ޖުމްލަ 75 ދުވަހުގެ މަސައްކަތުން ޖަލު އޮޑިޓް ނިންމައި 390 ސޮފްހާގެ އެ ރިޕޯޓް ހޯމް މިނިސްޓަރަށް އެރުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ރިޕޯޓް ވަނީ މި ހަފްތާ ތެރޭ އާންމު ވެސް ކޮށްފަ އެވެ.

އެ ރިޕޯޓްގައިވާ ގޮތުގައި ޖަލުގެ ބައެއް ގޮޅިތަކުގެ ހާލަތު އިންސާނުން ބައިތިއްބާ ވަރަށް ވުރެ ދަށެވެ. މީގެ އިތުރަށް ގައިދީންގެ ސިއްހީ ފަރުވާގެ ކަންކަން ރަނގަޅު ކުރަން ރިޕޯޓްގަިއ ބާރު އަޅާފައިވެ އެވެ. އަދި ޖަލުގައި ބައެއް ފަހަރަށް އަނިޔާކުރުމުގެ ކަންކަން އަދިވެސް ހިނގާކަން ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް