މަގުމަތިވެފައި ތިބި ތިން މަައިންގެ އާއިލީ މައްސަލަ ހައްލުކުރުމުގައި ޖެންޑާއިން އެހީވި

މަގުމަތިވެފައި ތިބި ތިންމައިން -- ސަން ފޮޓޯ

އާއިލީ މައްސަލައެއްގެ ސަބަބުން މަފުމަތިވެފައި ތިބި ތިން މައިންނަށް ބޯހިޔާވަހިކަން ހޯދައިދީ، މައްސަލަ ހައްލުކުރުމުގައި ޖެންޑާ މިނިސްޓްރީ އިން އެ މިނިސްޓްރީގެ ރޯލު އަދާކޮށްފައިވާނެ ކަމަށް ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ 26 އަހަރުގެ މަންމައަކާއި އޭނާގެ ކުޑަ ދެކުދިން މަގުމަތިވެފައިތިބި ކަމުގެ ރިޕޯޓު އެ މިނިސްޓްރީއަށް ލިބުމާއެކު ފުލުހުންނާއެކު އެމީހުން ތިބިތަނަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ކުޑަ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ އުމުރަކީ ފަސް އަހަރެވެ. އަނެެއް ކުއްޖާގެ އުމުރަކީ އެއް އަހަރާއި ފަސް މަހެވެ.

"އެ މީހުންގެ އޮތީ އާއިލީ މައްސަލައެއް. އާއިލާގެ ދެފަރާތުގެ މައްސަލައެއް އެއީ. މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އިން މިނިސްޓްރީގެ ދައުރު އަދާކޮށްފައިވާނީ،" ޖެންޑާ އިން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ތިން މައިންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީފައިވާނެ ކަމަށެވެ.

އެ މައްސަލައަކީ އާއިލީ މައްސަލައަކަށްވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލު ޖެންޑާ އިން ހާމައެއް ނުކުރެ އެވެ.

އެކުދިންގެ ބައްޕަ ރޭ "ސަން" އާ ވާހަކަ ދައްކަމުން ބުނީ އެ އާއިލާ މަގުމަތިވީ، އެ މީހުން ދިރިއުޅެމުން ދިޔަ އެ ކުދިންގެ މާމަގެ ގެއިން އެ މީހުން ނުކުތުމަށް އަންގައި ބޭރު ކުރުމުން ކަމަށެވެ. އެކަން ދިމާވީ ގޭތެރޭގައި ހިނގި ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް އެ ކުދިންގެ ބައްޕަ ބުންޏެވެ.

އެ އާއިލާ މަގުމަތީ ތިބޭތާ 11 ގަޑިއިރު ފަހުން ފުލުހުންގެ ވެހިކަލެއްގައި އެ ތިންމައިން ވަނީ ގެންގޮސްފަ އެވެ. އިއްޔެ މެންދުރުން ފެށިގެން މަގުމަތީ ތިބި ތިން މައިންނަށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)އިން އެހީވީ ރޭ މެންދަމު 1:02 ހާއިރު އެވެ.

https://sun.mv/119776

comment ކޮމެންޓް