މާލޭގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެ އެކަކަށް އަނިޔާ ވެއްޖެ

މާލޭ މަގެއް: މާލޭގައި މިރޭ ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް ވަނީ އެކްސިޑެންޓުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި، ރިންގުރޯޑުގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެހެން ސައިކަލަކާ ޖެހި އެކްސިޑެންޓްވެ، އެކަކަށް އަނިޔާ ވެއްޖެ އެވެ.

މި އެކްސިޑެންޓުގެ މައުލޫމަތު ފުލުހުންނަށް ލިބުނީ، މިރޭ 7:38 އެހާކަށް ހާއިރުއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓު ހިނގައިފައި ވަނީ، ރިންގުރޯޑުން ހުޅަނގުން އިރަށް ދުއްވާފައި ގޮސް މޫންލައިޓް ހިނގުމަށް އަޅައިގެން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް، މޫންލައިޓު ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް އަމީނީ މަގަށް އަޅަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެއް ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އަށް ވަނީ ކުދި އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނަގެ ކަނާތު ބޮޑުވާ އިނގިލި ފަޅައިގެން ގޮސް، ކަނާތު އުޅަބޮށި ފަޅައިގެން ގޮސް އަދި ފުރަގަހުން ތިން ތަނެއް މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އަނެއް ސައިކަލު ދުއްވަން އިން 34 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ.

https://sun.mv/119773

މާލޭގައި މިރޭ އެކްސިޑެންޓެއް ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެފައިވާއިރު، މލޭގައި މިރޭ ވަނީ ލައިސެންސް ނެތް އަންހެނަކު ފިހާރައެއްގެ ބިއްލޫރި ފަޅާލާ ފިހާރަ ތެރެއަށް ވަދެ، އުތުރު އެކްސިޑެންޓެއްވަނީ މާލޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 34 އަހަރުގެ އަންހެން މީހާ ވަނީ ހޭނެތިފައެވެ.

މީގެ އިތުރުން މިރޭ އައްޑޫ ސިޓީގައި ވެސް ވަނީ ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް ކާރެއްގައި ޖެހި އެކްސިޑެންޓެއް ވެފައެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވެއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް މިއަހަރު 1،057 އެކްސިޑެންޓު ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރެއިން މިމަހު މިހާތަނަށް 195 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.

https://sun.mv/119774

comment ކޮމެންޓް