އައްޑޫ ސިޓީގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް ކާރަކާޖެހި އެކްސިޑެންޓް ވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫ ލިންކު ރޯޑްގައި ކާރެއް ދުއްވަނީ: ހިތަދޫގައި މިރޭ ވަނީ ސައިކަލަކާއި ކާރެއް އެކްސިޑެންޓުވެފައި --- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީ، ހިތަދޫ ގައި މިރޭ ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް ކާރެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

މި އެކްސިޑެންޓްގެ މައިލޫމަތު ފުލުހުންނަށް ލިބުނީ މިރޭ 7:00 އެހާކަށް ހާއިރުއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުހުން ބުނީ، މިރޭ ހިތަދޫ، ފަޒާ ކައިރިން ސައިކަލަކާއި ކާރެއް ޖެހި، ކާރަށާއި ސައިކަލަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ކަނާތް ފަރާތު ލޯގަނޑު ހަލާކުވެފައިވާއިރު، ސައިކަލުގެ މެދުން ފެށިގެން ކުރިއާ ހަމައަށް ކަވަރު ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހަގެ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީގައި މިރޭ އެކްސިޑެންޓެއް ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެފައިވާއިރު، މާލޭގައި ވެސް ލައިސެންސް ނެތް އަންހެނަކު ދުއްވި ސައިކަލެއް ވަނީ އެކްސިޑެންޓު ވެފައެވެ. މާލޭގައި ހިނގި އެކްސިޑެންޓުގައި ސަކައިކަލު ދުއްވަން އިން 34 އަހަރުގެ އަންހެން މީހާ ވަނީ ހޭނެތިފައެވެ.

https://sun.mv/119773

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް މިއަހަރު 1،057 އެކްސިޑެންޓު ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރެއިން މިމަހު މިހާތަނަށް 195 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް