އުރީދޫ ބަދިގެ: ސީފުޑް ހޯލީ ބޭސިލް

ރޯދަމަހުގެ އެންމެ ފަހު ހަފްތާ މިވަނީ ފެށިފައެވެ. ހުނަރުވެރި ހަ ދިވެހި ޗެފުންގެ މީރު ރެސިޕީތަކެއް މިހާތަނަށް ވާނީ ގެނެސްދެވިފައެވެ. ދިވެހި ހާއްސަ ކެއުންތަކާއި، ބިޒީކޮށް އުޅެމުން އަވަހަށް އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެކި ރަހަތަކުގެ ޕޭސްޓްރީއާއި ރޯދަވީއްލާ ވަގުތަށާއި އަދި ތަރާވީސްދަމަށްވެސް ކަމުދާނެ އެތަށް ރެސިޕީއެއް މީގެތެރޭގައި ހިމެނެއެވެ.

ކުރިއަށް މިއޮތް ހަ ދުވަހުގެ ރެސިޕީތައް ގެނެސްދޭނީ އަހަރެމެންގެ ލޮކޭޝަން ޕާޓްނަރުކަމުގައިވާ ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުންނެވެ. މި ރެސިޕީތަކުގެ ތެރޭގައިވެސް ހަމަޖެހިލައިގެން ގޭގައި ތިބެ ތައްޔާރުކުރެވޭނެހާ ފަސޭހަ އަދި މީރު ރެސިޕީތަކެއް ހުންނާނެއެވެ.

މިގޮތުން މިއަދު ތައްޔާރުކުރެވެނީ "ސީ ފުޑް ހޯލީ ބޭސިލް"އެވެ.

ބޭނުންވާ ތަކެތި

  • ސްޕެގެޓީ (އެއް ޕޯޝަން 175 ގްރާމް)
  • ސީފުޑް (ބޭނުންވާ ބާވަތެއް ޚިޔާރު ކުރެވޭނެ، ކަޓަލް ފިޝް، ޕްރޯންސް، މަސަލްސް)
  • އޮއިސްޓާ ސޯސް (30 އެމްއެލް)
  • ތައި ޗިލީ (ކޮށާފައި)
  • ފްރެޝް ބޭސިލް ފަތް (5-8 ފަތް)
  • ޑާކް ސޯއީ ސޯސް(10 އެމްއެލް)
  • އޮލިވް އޮއިލް
  • ލޮނުމެދު (5 ގްރާމް)
  • ލޮނު (އޮޕްޝަނަލް)
  • އަސޭމިރުސް (އޮޕްޝަނަލް)

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ތެލި ހޫނު ކުރުމަށްފަހު އޮލިވް އޮއިލް ކޮޅެއް އަޅާލާށެވެ. ދެން ސީފުޑް އަޅާ 2 ވަރަކަށް މިނިޓް ރޯފިލުވާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ލޮނުމެދު އަޅާ ކުލަ މުށިކުލައަކަށް ބަދަލުވަންދެން ކައްކާލާށެވެ. ދެން މިރުސްކޮޅެއް އެޅުމަށްފަހު އޮއިސްޓާ ސޯސްކޮޅެއް އަޅާ ރަނގަޅާށް ސީފުޑްއާއި އެކު މިކްސް ކޮށްލާށެވެ. އިރުކޮޅެއްކޮށްލުމަށްފަހު ސޯއީ ސޯސްވެސް އަޅާލާ މިކްސްކޮށްލުމަށްފަހު ދެން އަޅާނީ ކައްކާފައި ހުރި ސްޕެގެޓީ އެވެ. މާ ބޮޑަށް ހިކިނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ. އެންމެފަހުން އަޅާނީ ބޭސިލް ކޮޅެވެ. އެއަށްފަހު ދެވަރަކަށް މިނިޓް ކައްކާލުމުން އެ ނިމުނީ އެވެ.

comment ކޮމެންޓް