މާލީ ޖަރީމާތައް ބަލަން އިންޑިއާގެ މާހިރުން ރާއްޖެއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ---

މަނީ ލޯންޑަރިން ފަދަ މާލީ ޖަރީމާތައް ތަހުގީގު ކުރުުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ހާއްސަ މާހިރުންތަކެއް ރާއްޖެއަށް ފޮނުވުމަށް ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓުކޮށްފައި ވަނީ ރާއްޖޭގައި އެއް އަހަރު ދުވަސް ވަންދެން މާލީ ކުށްތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ މާހިރުން ބޭތިއްބުމަށް އެގައުމުން ނިންމާފައިވާ ކަމަށެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެ އޮފިޝަލުންގެ މަސައްކަތަކަށް ވާނީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ދެކޮޅަށް ރާއްޖޭގެ އެޖެންސީތަކާއި ބައިނަލްއަގްވާމީ އެޖެންސީތައް ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވައިލުމެވެ.

އެގޮތުން، ރާއްޖެއަށް އަންނަ އިންޑިއާގެ މާހިރުން، އިންޓަޕޯލް، ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި އާއި އެހެނިހެން އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތަކާ ބެހޭގޮތުން ލަފާ ދޭނެ ކަމަށްވެއެވެ.

އަދި އެކި ބާވަތް ބާވަތުގެ ޑޭޓާތަކާއި، ސޯޝަލް މީޑިއާ އާއި އެހެނިހެން މައުލޫމާތުތައް ބޭނުންކޮށްގެން އެ މާހިރުން ރާއްޖޭގައި ދިރާސާ ކުރާނެއެވެ. އަދި ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ރާއްޖެއަށް ފޮނުވާނެ މާހިރުން ކަނޑައެޅުމަށް އިއުލާނުކޮށް، ހޯދަން ބޭނުންވާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ކްރައިޓީރިއާ ވެސް މިހާރު ވަނީ އާއްމު ކޮށްފަ އެވެ. އެ ކްރައިޓީރިއާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އެމްބެޒެލްމެންޓް، މަނޯލްޑަރިން އަދި ޓެކްސް އިވޭޝަން ފަދަ މާލީ ކުށްތައް ދެނެގަތުމުގެ ގާބިލުކަން ހުރުމެވެ.

މާލީ ކުށްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާގެ މާހިރުން ކުރިން ވެސް ސިންގަޕޫރާއި މޮރިޝަސް އަށް ވެސް ފޮނުވާފައިވެއެވެ.

މާލީ ޖަރީމާތައް ބަލަން މާހިރުން ފޮނުވަން ނިންމާފައިވާ އިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކަމަށް ބުނާ މަނީލޯންޑަރިންގެ މައްސަލަތަކެއް މިހާރުވެސް އަންނަނީ ބަލަމުންނެވެ.

The experts will do informal analysis from internal and external data resources, social media and open source information and develop relevant new data sources, they said.

They would also assist investigations on complex cases by conducting in-depth analysis and preparing link charts and other tools used in such investigations, the officials said.

comment ކޮމެންޓް