ބައިސްކަލެއްގައި ބަހަކުންޖެހި، އެކްސިޑެންޓް ވެއްޖެ

ގްރޭޓަރ މާލެ ބަސް ޓަރމިނަލް -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

ގްރޭޓާ މާލެ ބަސް ޓާމިނަލުން ނިކުތް ބަހަކާއި ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ބައިސްކަލެއް ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

ފުލުހުން ބުނީ ބަސް ޓާމިނަލުން ނިކުތް ބަހަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓު ވެފައިވަނީ މިއަދު ހެނދުނު 9:07 ހާއިރު ކަމަށެވެ. ބަސް ދުއްވަން އިން ޑްރައިވަރު އަތުގައި ލައިސަންސް އޮންނަ ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ރަމަޟާން މަހުގެ ކުރީކޮޅު އެމްޓީސީސީގެ ބަހެއް މަގުމަތިން ދިޔަ އަންހެނެއްގެ ގައިގައި ޖެހި ވަނީ އެކްސިޑެންޓު ވެފައެވެ. އެ އެކްސިޑެންޓުގައި އަންހެންމީހާ މަރުވި އިރު، އޭގެ ދެތިން ދުވަސް ފަހުން މަގުމަތީ އޮތް ކާރެއްގައި އެމްޓީސީސީ ބަހެއް ޖެހި ވަނީ އެކްސިޑެންޓު ވެފައެވެ.

comment ކޮމެންޓް