ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 26: މަލިކާ ބަލްޤީސް 3

"އެކަމަކު އެއީ ވަރަށް ދިގު ވާހަކައެއް. މިޔަށް ވުރެ ގިނަ ވަގުތު ބޭނުން ވާނެ." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ބައްޕަ ވިދާޅެއް ނުވަމު ތޯ އަވަހާރަ ލައްޕަވާ ހިތްޕުޅު ނުވާ ކަމަށް." ސަލްމާ ބުންޏެވެ.

"ނޫން. ބުނިން. އެކަމަކު ވާހަކަ ކިޔުން މާދަމާއަށް ލަސް ކޮށް ލިއްޔާ ރަނގަޅެއް ނުވާނެ ތަ؟" ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"މިއަދުގެ ވާހަކަ މާދަމާއަށް ފަސް ނުކުރައްވާ! އަވަހަށް ފަށްޓަވާ! އަޅުގަނޑު މީނީ އަޑު އަހާން." ސަލްމާ ބުންޏެވެ.

"ބަލްގީސްއަކީ ސަބާގެ ރަސްކަމުގެ އަމީރާއެއް. އެކަމަނާގެ ބައްޕާފުޅު ރަސްކަން ކުރައްވަމުން ދިޔަ ސަރަޙައްދަކީ ބޮޑު ސަރަހައްދެއް. މުއްސަނދިކަން ލިބިފައި އޮތް ސަރަޙައްދެއް. އެ ރަށްތަކުގެ މީހުން އަޅުކަން ކުރަމުން ގެންދިޔައީ އިރަށް." ޞަފިއްޔުއްދީން ވާހަކަ ކިޔައިދެއްވާން ފެށްޓެވިއެވެ.

*****

"ޑޮކްޓަރު ކޮބާ؟ އަވަސް ކުރޭ!" ސިފައިންގެ މީހަކު ބުންޏެވެ.

"ޑޮކްޓަރެއްގެ ބޭނުމެއް ނެތް. ޑޮކްޓަރަކު އަޔަސް ކުރާނެ ކަމެއް ނޯންނާނެ. މި ވަގުތު އަހަރެން ބޭނުން ވަނީ އަހަރެންގެ ދަރިފުޅު އަމީރާ ބަލްޤީސް." މަލިކު ހަދްހާދު ވިދާޅުވިއެވެ.

"ގަނޑުވަރުގެ އަންހެނުންގެ ކަންތައް ބަލަހައްޓާ ބާނދީންގެ އިސްވެރިޔާ! ކޮބާ އަމީރާ؟" ސިފައިންގެ މީހާ އެހިއެވެ.

"ބައްޕާފުޅުގެ އާލާސްކަންފުޅުގެ ވާހަކައިން އެކަމަނާއަށް ޚަބަރު ދޭން ވެގެން އަޅުގަނޑު މީހަކު ފޮނުވައިފިން." ބާނދީންގެ އިސްވެރިޔާ ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް