ސައިކަލަކުން މީހަކު ވައްޓާލުމަށްފަހު ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މީގެކުރިން ހިނގި ބޮޑު ފޭރުމުގެ ހާދިސާއެއް ކަމަށްވާ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އިން ފޭރުނު މީހުން ފިލަން ވަދެގަތް ހ. ތާޅަފިލިގެ ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފައިލް ފޮޓޯ

ހުޅުމާލެއިން މާލެއަށް ސައިކަލުގައި އައި މީހެއް އެއްޗަކުން ޖަހައި ބިންމައްޗަށް ވައްޓާލުމަށްފަހު ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ސިޓީ އޮންލައިން އޭޝިއާ ކައިރިން ދެ ސައިކަލްގައި ހަތަރު މީހަކު ގޮސް މާލެއިން ހުޅުމާލެއަށް އައި މީހެއްގެ އަތުން 150،000 ރުފިޔާ އާއި 15،000 ޑޮލަރު ފޭރިގެންފައިވާ މައްސަލައެއް މިރޭ 12:05 އެހައިކަންހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

އެ ފައިސާ ފޭރިގެންފައި ވަނީ ފައިސާ ހިފައިގެން މާލެ އައިމީހާގެ ހެލްމެޓުގައި އެއްޗަކުން ޖަހައި އޭނާ ވައްޓާލުމަށްފަހު ސައިކަލްގެ މަޑިދަށް ހަލާކުކޮށްގެން ހުޅުވުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

ފޭރުމުގެ އަމަލު ހިންގި ހަތަރު މީހުން ވެސް ތިބީ ހެލްމެޓް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް