ނަޝީދާއި އީވާއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

19 ވަނަ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ހުށަހަޅާ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސްކަމަށް ކުރިމަތިލާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ---

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް ހުށަހެޅުމަށް އެމްޑީޕީން ފާސްކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރަޝީދު މަޖިލީހުގެ ރައީސަކަށް އަދި ނައިބު ރައީސާއަކަށް އީވާގެ ނަން އެމްޑީޕީން މަޖިލީހަށް ހުށަހަޅަން ފާސްކުރީ އެޕާޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ރައީސް ނަޝީދު އަދި އީވާއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕަށްވެސް ރައީސް ސޯލިހު މަރުހަބާ ދެންނެވިއެވެ.

ރައްޔިތުންގެ އާ މަޖިލީހާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުން އޮންނާނީ މާދަމާ ރޭ އާ މަޖިލިސް ހުވާ ކުރަން ބާއްވާ ޖަލްސާއަށް ފަހުއެވެ.

comment ކޮމެންޓް