ބޮޑު ވޯޓް: ގިނަ މެންބަރުން ހަނު، 20 މެންބަރަކު ފާޅުގައި

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބަށްފަހު ރައީސް ނަޝީދާއި ރައީސް ސޯލިހް: ދެ ރައިސުންވެސް ތާއީދު ކުރައްވަނީ ދެ ބޭފުޅަކަށް -- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު އަސްލަމު ގެނައުމަށް މިހާތަނަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ 20 މެމްބަރަކު ފާޅުގައި ތާއީދު ކުރައްވައިފި އެވެ. ނަމަވެސް މިރޭގެ ވޯޓާ މެދު ގިނަ މެންބަރުން ބޭނުންވަނީ އެއްޗެއް ނުބުނެ ތިއްބަވާށެވެ.

މާދަމާ ރޭ ހުވާ ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ނަމެއް ކަނޑައަޅާނީ މިރޭ 9:30ގައި ދަރުބާރުގޭގައި ބާއްވާ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ޖަލްސާއެއްގައި، ވޯޓެއް މެދުވެރިކޮށެވެ.

ބައެއް މެމްބަރުން ގެންދަނީ ފާޅުގައި އެބޭފުޅުން ތާއީދު ކުރައްވާނީ ކޮން ބޭފުޅަކަށްކަން ހާމަކުރައްވަމުން އެވެ. މިހާތަނަށް އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން 20 މެމްބަރަކު ވަނީ އަސްލަމަށް ތާއީދު ކުރައްވާ ކަން ފާޅުގައި ހާމަ ކުރައްވާފަ އެވެ. އެހެން ކަމުން އަސްލަމުގެ ވޯޓާ އެކު އޭނާ އަށް ވަނީ، 21 ވޯޓް ކަށަވަރު ވެފަ އެވެ.

އަސްލަމަށް ތާއީދު ހާމަ ކުރެއްވި މެމްބަރުން:

  1. މައްޗަންގޯޅީ މެދު ދާއިރާ މެމްބަރު، މުހައްމަދު ނަޝީދު
  2. މައްޗަންގޯޅި އުތުރު ދާއިރާ މެމްބަރު، މުހައްމަދު ރަޝީދު (ބޯދިގު)
  3. ގަލޮޅު އުތުރު ދާއިރާ މެމްބަރު، އީވާ އަބްދުﷲ
  4. ގަލޮޅު ދެކުނު ދާއިރާ މެމްބަރު، މީކާއިލް ނަސީމް
  5. މާފަންނު އުތުރު ދާއިރާ މެމްބަރު، އިމްތިޔާޒު ފަހުމީ
  6. މާފަންނު މެދު ދާއިރާ މެމްބަރު، އިބްރާޙިމް ރަޝީދު (ބޮންޑަ)
  7. ހެންވޭރު އުތުރު ދާއިރާ މެމްބަރު، އިބްރާހިމް މުއިއްޒު
  8. ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު، ހަސަން ލަތީފު
  9. ވެލިދޫ ދާއިރާ މެމްބަރު، މުހަމަދު ޝަފީޤު
  10. ތުޅައިދޫ ދާއިރާ މެމްބަރު، ހިސާން ހުސައިން
  11. އުނގޫފާރު ދާއިރާ މެމްބަރު، މުހައްމަދު ވަހީދު
  12. ދުވާފަރު ދާއިރާ މެންބަރު އިސްމާއިލް އަހުމަދު
  13. އިނގުރައިދޫ ދާއިރާ، ހަސަން އަހްމަދު (ހަސަންޓޭ)
  14. ފުވައްމުލަށް އުތުރު ދާއިރާ މެމްބަރު، މުހައްމަދު ރަޝީދު
  15. ފުވައްމުލަށް މެދު ދާއިރާ މެމްބަރު، ހުސައިން މުހައްމަދު ދީދީ
  16. ފުވައްމުލަށް ދެކުނު ދާއިރާ މެމްބަރު، މުހައްމަދު މުމްތާޒު
  17. ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބު
  18. ހިތަދޫ ދެކުނު ދާއިރާ މެމްބަރު، އިބްރާހިމް ނާޒިލް
  19. ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު ރަޝީދު
  20. ހިތަދޫ އުތުރު ދާއިރާ މެމްބަރު، އަހްމަދު އަސްލަމް
  21. ފޭދޫ ދާއިރާ މެމްބަރު، މުހައްމަދު ނިހާދު

އަސްލަަމަށް ތާއީދު ކުރި ބައެއް މެމްބަރުން --

އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނަށް ސަން" އިން ގުޅުމުން ބައެއް ބޭފުޅުން ވިދާޅުވީ، އަދި އެ މެމްބަރުން ވޯޓު ލާނެ ގޮތެއް ނިންމަވާފައި ނެތް ކަމަށެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްކަމަށް އެންމެ ވާދަވެރި އަސްލަމާއި، ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފުގެ ތެރެއިން ވޯޓް ލާނެ ބޭފުޅަކު މިހާރު ނިންމަވައިގެން ހުންނެވި ނަމަވެސް، އެ މެމްބަރުން ތާއީދު ކުރައްވަނީ ކާކަށްކަން އަދި އާންމު ކުރައްވަން ބޭނުން ފުޅެއް ނުވެ އެވެ.

އަފީފްއަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ހަނު ތިއްބެވި ނަމަވެސް، ފާޅުގައި އަފީފްއަށް ތާއީދު ކުރާކަން ހާމަކުރެއްވީ މިހާތަނަށް މަދު މެންބަރެކެވެ. އެއީ؛ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ.

އެހެން ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އަފީފު އާއި އަސްލަމާ ދެ ބޭފުޅުންކުރެ ކޮންމެ ބޭފުޅަކަށް ވެސް ތާއީދު ކުރައްވާ 27 އާއި 30 ދެމެދުގެ މެންބަރުން އެބަތިއްބެވެ. ބާކީ ތިއްބެވި ދޮޅަހަކަށް މެންބަރުން ކޮންމެ ކޮޅަކަށް ވެސް ނިންމައިފާނެ އެވެ.
އަދި އިތުރު ގޮތެއް ވެސް އެ މަސްދަރުން ގަބޫލު ކުރެ އެވެ. އެއީ ޕާޓީ ފެޅޭ ވަރު ބޮޑުވެދާނެތީ މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ނުކުންނެވުމެވެ. އޭރު އަނެއް ދެ ފަރާތުން ދޫކޮށްލައި ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ނިންމަފައިވާނެ ކަމަށް ވެސް އެ މަސްދަރުން ބުނެ އެވެ.

އަސްލަމް މީގެ ކުރިން "ސަން" އަށް ވިދާޅުވި ގޮތުގައި އޭނާއަށް މި ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތެވެ. އަދި މަޖިލިސް ރައީސް ކަމަަށް ޝައުގުވެރިކަން ފާޅު ކުރި މެމްބަރުންގެ ތެރެއިން އެންމެ ގާބިލް މީހަކީ ވެސް އޭނާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ގާބިލް އެހެން މީހަކު ޝައުގުވެރިކަން ފާޅު ކޮށްފި ނަމަ އޭނާގެ ނަން އަނބުރާ ގެންދަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަަމަށް ތާއީދު ކުރި ބައެއް މެމްބަރުން --

އަފީފު މީގެ ކުރިން "ސަން" ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް މި ވޯޓުވަރަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ އެވެ. އޮގޮތުން އޭނާ އަށް އެމްޑީޕީގެ 40 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ލިބޭނެ ކަމަށް އަފީފު ވިދާޅުވި އެވެ.

https://sun.mv/119544

މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ފަސް މެމްބަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، މަޖިލިސް ރައީސްގެ ރޭހުގައި ކުރީގައި އުޅުއްވަނީ އަސްލަމް އާއި ވިލުފުށި އިންތިހާބީ މެމްބަރު ހަސަން އަފީފާ ދެ ބޭފުޅުންނެވެ.

ޕާޓީގެ އެންމެ އިސް ފަރާތް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަނީ އަފީފް އަށެވެ. ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އެމަނިކުފާނާ އަސްލަމަށެވެ. ދެ ރައީސުން ވެސް ދަނީ އެ ބޭފުޅުން ނަގައިގެން ތިއްބެވި ކޮޅު މޮޅު ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މިއީ އަސްލަމާއި އަފީފުއާ ދެމެދުގެ ވޯޓަކަށް ވުރެ ދެ ރައީސުންގެ ދެމެދުގައި އޮތް ވާދަވެރިކަން ދައްކުވައިދޭނެ ވޯޓެެކެވެ.

https://sun.mv/119612

comment ކޮމެންޓް